ދަ ޑިމޮކްރެޓްސް އަށް މެމްބަރުން އިތުރު ކުރުމުގެ ތެރެއިން-- ފޮޓޯ:އެކްސް
ހަބަރު
09 Dec 2023 | 20:37
ދަ ޑިމޮކްރެޓްސް އަށް 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އަަށް 10،000 މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު މިފަދައިން ވިދާޅުވީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަމްދާ ވިދާޅުވީ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް އާހިތްވަރަކާއި އެކު އަނެއްކާވެސް ފަށާފައިވާ ކަމަށެވެ.

ސިޔާސި މަސްރަހު މިހާ ހަލަބޮލި ދަނޑިވަޅެއްގައި ދެވަނަ ވިސްނުމަކަށް ނުގޮސް ޑިމޮކްރެޓްސް އަށް ސޮއި ކުރަމުން ދާ މީހުންނަށް މަރުހަބާ ވިދާޅުވެ ހަމްދާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ކޮބާ މެމްބަރޝިޕް ޑްރައިވްގައި ދެން ދާންވީ ކޮން ރަށަކަށް؟ އެންމެން ވެގެން މިކަން ކުރަމާ ބަހީ؟"

ހަމްދާ ގެ ޓްވީޓްގައި ވެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 7 ވަނަ  ދުވަހާއި ހަމައަށް އިލެކްޝަން ކޮމިޝަން ގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި 3280 މީހުން ތިބި ނަމަވެސް ދާދި ފަހުން ބޭއްވި އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި 5000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ދީފައެވެ.

މި އިންތިހާބުގައި، ދަ ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސްގެ މަގާމަށް އިންތިޚާބުވެފައި ވަނީ، ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ. އެ ޕާޓީގެ ޒުވާނުންގެ ނައިބު ރައީސް އަކީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ. އަދި ޕާޓީގެ  އަންހެން ނައިބު ރައީސް ގެ މަގާމަށް އައިޝަތު އަލައިކާ އަދުނާން އިންތިހާބު ވެފައި ވާއިރު ޕާޓީގެ ޔަންގް ޑިމޮކްރެޓްސް ލީޑަރަކީ މުހައްމަދު މާސިހު (މާޗީ) އެވެ. ޔަންގް ޑެމް ޑެޕިއުޓީ ލީޑަރަކަށް އިންތިހާބު ވެފައިވަނީ ފިތުރާ މުހައްމަދު އެވެ.

ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ކަނޑައަޅާނީ އެއަހަރެއްގެ ފަހު ދުވަހާއި ހަމަޔަށް އެ ޕާޓީއެއްގައި ތިބި މެންބަރުންގެ އަދަދައްކަމުން، ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކުން އަންނަނީ މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ރާއްޖޭގައި ހިންގަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.