އައްޑޫ ސިޓީ ހިތަދޫ-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
09 Dec 2023 | 21:34
އައްޑޫ ސިޓީގެ ފެން ޕްލާންޓަށް ކުރިމަތިވި މައްސަލަ ހައްލު ކޮށްފި

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ކެނޑިފައިވާ މައްސަލަ ހައްލުކޮށް ފެން ޕްލާންޓް ހިންގަން ފަށައިފިއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ފޯރު ކޮށްދިނުމަށް ފެނަކައިން ހިންގަމުން އައި ފެން ޕްލާންޓް އަށް ކުރިމަތިވި މައްސަލަ މިހާރު ހައްލު ކުރެވި ގޭބިސީތަކަށް ފެން ދޫކުރަން ފަށާފައިވާ ފެނަކައިން ވަނީ މައުލޫމާތު ދީފައެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް އައްޑޫ ސިޓީން ކެނޑިފައިވަނީ އާރޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

މި މައްސަލަ ދިމާވީ ތާވަލު ކުރެވިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިސްކަމެއް ދެވިފައި ނުވާތީ އާއި، ޔޫޓިލިޓީ ރެގިއުލޭޓާ އޮތޯރިޓީން އިންސްޕެކްޓް ކޮށް ހައްލު ކުރަން ޖެހޭ ކަންކަން ހައްލުކުރުމަށް އަންގާފައިވާ ރިޕޯޓަށް އަމަލު ނުކުރެވުމުގެ ސަބަބުން ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު ވަނީ ވޮއިސް އަށް މައުލޫމާތު ދެއްވާފައެވެ.

ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖް ގާއިމް ކުރެވިފައި ނުވާތީ ކަމަށްވެސް ފެނަކައިން މިރޭ ނެރެފައިވާ ބަޔާނުގައިވެއެވެ.

މީގެ އިތުރުންވެސް ޚާއްސަ ސަމާލުކަމެއް ދީގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.

ފެނަކައިން ވަނީ  އެމްޑަބްލިއުއެސްސީން މިމައްސަލަ ހައްލު ކުރުމަށްޓަކައި ފޯރުކޮށްދިން އެހީތެރިކަމާއި، ފެނަކަ ކުންފުނީގެ އިންޖިނިއަރުންނާއި މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މޯލްޑިވިއަނުން ވެދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.