ދީން
10 Dec 2023 | 09:03
ޖިންނީން އިމާންވި ޙާދިސާ

ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން ޖިންނީންގެ ތެރެއިންވާ ޝައިޠާނުން އުޑަށް އަރައި، ބިމުގައި ހިނގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ވާހަކަތައް މަލާއިކަތް ބޭކަލުން ދައްކަވާ އަޑުއަހައި، ސިޙުރުވެރިންނާއި ކާހިނުންނަށް އެ ޚަބަރުތައް ފޯރުކޮށްދީއުޅުނެވެ. މިކަމުގެ ތެރެއިން ކުރިއަށް ހިނގާނެ ބައެއްކަންކަމުގެ ވާހަކަތަކުގެ ޚަބަރުތައް އެބައިމީހުންނަށް ލިބެމުން ދިޔައެވެ.

ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ރަސޫލުކަމައިގެން ފޮނުއްވުމާއެކު، އުޑުން އެހުމުން ވައްކަންކުރުން ޝައިޠާނުންނަށް މަނާކުރެވުނެވެ. އެކަންކުރަން އުޅެއްޖެނަމަ، އެބައިމީހުންނާ ދިމާލަށް ގިނަހިލަ އުކެވެން ފެށުނެވެ. މިކަމަކީ މިބައިމީހުންނަށް ވަރަށް ބޮޑުކަމަކަށް ވިއެވެ. މުސްތަޤްބަލުގައި ހިނގާނެ ބައެއް ކަންކަމުގެ ޚަބަރުތައް ލިބިލިބި ހުއްޓައި އެކަމަށް ހުއްޓުން އައީއެވެ. 

އުޑުން ޚަބަރުތައް ހޯދުމަށް މަސައްކަތްކުރި ޝައިޠާނުންގެ ބަޔަކަށް އެކަން ނުކުރެވި، މިކަމުގެ ހިތާމައާއެކު އެބައިމީހުންގެ ޤައުމުގެމީހުންގެ ގާތަށް ދިޔުމުން ސުވާލުކުރިއެވެ. "ތިޔަބައިމީހުންނަށް ވީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި އެބައިމީހުން ބުންޏެވެ. "ތިމަންމެނާ އުޑުގެ ޚަބަރުތަކާދެމެދަށް ހުރަސް އެޅިއްޖެއެވެ. ތިމަންމެނާ ދިމާލަށް ގިނަހިލަ އުކެވެން ފަށައިފިއެވެ." ޤައުމުގެމީހުން ބުންޏެވެ. "ތިޔަބައިމީހުންނާ އުޑުގެ ޚަބަރުތަކާދެމެދު ހުރަސްއެޅެނީ ކޮންމެވެސް ބޮޑުކަމެއް ހިނގައިގެންނެވެ. ބިމުގެ އިރުމައްޗަށާއި ހުޅަނގަށް ދަތުރުކޮށްގެން ވެގެންއުޅޭގޮތެއް ބަލާށެވެ!"

ވެގެންއުޅޭގޮތެއް ހޯދުމަށް މިބައިމީހުން ބިންމަތީ ދަތުރުކުރަމުން އައިސް، އެއިގެ ތެރެއިން ދިހައަކާ ގާތްކުރާ ޢަދަދެއްގެ ބަޔަކު މައްކާގެ ތިހާމާއޭ ކިޔުނު ދިމާލަށް އައެވެ. އެއިރު ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم މައްކާގެ އެއް ފަރާތެއްގައިވާ عُكَّاظُ އޭ ކިޔުނު ބާޒާރަށް ވަޑައިގެންނެވި މަގުމަތީ ނަޚްލާއޭ ކިޔުނު ހިސާބުގައި އެކަލޭގެފާނުގެ ޞަޙާބީބޭކަލުންނާއެކު ފަތިސްނަމާދު ކުރެއްވުމަށް ހުންނެވިއެވެ. އެކަލޭގެފާނުގެ ކިޔެވުން އަޑުއިވޭ ހިސާބަށް އެބައިމީހުންނަށް ފޯރުމާއެކު، ކިޔެވުމުގެ އަޑުއެހުމަށް މަޑުކުރުމަށްފަހު، އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. "ތިމަންމެނާ އުޑުގެ ޚަބަރުތަކާ ހުރަސްއަޅާކަމަކީ މިއީއެވެ." މިބައިމީހުން އީމާންވެ، މިބައިމީހުންގެ ޤައުމުގެ މީހުންގެ ގާތަށް އެނބުރިގޮސް ބުންޏެވެ. "ހަމަކަށަވަރުން، ތިމަންމެން ޢަޖާއިބުވާފަދަ ޤުރްއާނެއްގެ އަޑު އަހައިފީމުއެވެ. އެ ޤުރްއާން މަގުދައްކަނީ، ޙައްޤު ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ ޤުރްއާނަށް އީމާންވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން ޝަރީކެއް ނުކުރާނަމެވެ."

މިވާހަކަ ވަނީ އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ގެ ކިބައިން އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރައްވާފައެވެ. މިބައިމީހުން ޤުރްއާން އަޑުއެހިކަމެއް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم އަށްވެސް އަދި ޞަޙާބީބޭކަލުންނަށް އެނގިވަޑައެއް ނުގަންނަވައެވެ. މި ޙާދިސާގެ ޚަބަރުދެއްވުމުގެ ގޮތުން މާތް ﷲ سُوْرَةُ الجِنّ ބާވާލެއްވިއެވެ. އެ ސޫރަތުގައި އެބައިމީހުންގެ ޢަދަދުކަމުގައި ބަޔާންކުރައްވާފައި ވަނީ "نَفَر" އެވެ. އެއީ ޢަރަބިން ތިނަކާއި ދިހައަކާދެމެދުގެ ޢަދަދުތަކަށް ބޭނުންކުރާ ލަފްޒެކެވެ. މި ސޫރަތުގައި އެބައިމީހުންގެ ޤައުމުގެމީހުންގެ ގާތަށްގޮސް ދެއްކި ވާހަކަތަކުގެ ޚަބަރު މާތް ﷲ ދެއްވާފައިވެއެވެ. މި ޙާދިސާ ނޫނަސް ޖިންނިން ކީރިތި ޤުރްއާން އަޑުއެހި އެހެން ޙާދިސާތައް ވެއެވެ. އަޙްޤާފު ސޫރަތުގައިވެސް އޭގެ އެއް ޙާދިސާ ބަޔާންކޮށްދެއްވާފައިވެއެވެ. އަދި ޙަދީޘްތަކުގައިވެސް ޖިންނީންނަށް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވުމަށް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ސަހަރާ ތެރެއަށް ވަޑައިގެންނެވި ޙާދިސާތައް އައިސްފައިވެއެވެ. މާތް ﷲ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ހިދާޔަތުގެ ތެދުމަގު ދައްކަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.