މިނިސްޓަރ އަހްމަދު ޝިޔާމް-- ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ހަބަރު
11 Dec 2023 | 07:41
މަސްވެރިންނަށް ދޭން ހުރި ފައިސާގެ ތެރެއިން 136 މިލިއަން ވަނީ ދޫކުރެވިފަ: ޝިޔާމް

މަސްވެރިންނަށް ދޭން ހުރި ފައިސާގެ ތެރެއިން 136 މިލިއަން ވަނީ ދޫކުރެވިފައި ވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 "ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި ތިން ހަފްތާ ތެރޭގައި މަސްވެރިންނަށް ނުލިބި ހުރި ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މިހާރު މިވަނީ މަސްވެރިންނަށް ދޫކުރެވިފަ."

ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތު ފެށިގެން ދިޔައީ މަސްވެރިންގެ ހުރި ބޮޑެތި ކަންބޮޑުވުން ތަކަކާއި އެކީގައި ކަމަށެވެ. ގައުމުގެ މާލީ ހާލަތު އޮތް ގޮތުން މަސްވެރިންނަށް ދޭން ހުރި ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއީ އުނދަގޫ ދުވަސް ތަކެއް ނަމަވެސް މަސްވެރި އާއިލާތަކަށް ފައިސާ ނުލިބި ގިނަ ދުވަސް ވުމަކީ ވަަރަށް ގިނަ އުނދަގޫތަކެއް ތަހައްމަލް ކުރާންޖެހޭ ދުވަސްތަކެއްކަންވެސް ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އިރު މަސްވެރިންނަށް 170 މިލިއަން ރުފިޔާ ވަނީ ދޭންޖެހިފައެވެ.

މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް ވާއިރު، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު މަސްވެރިކަމުގެ ސިޔާއަތު ކުރިއެރުވުމަށްޓަކައި އެންމެ އިސްކަންދީގެން ކުރައްވާނެ ގިނަ ކަންތައްތަކެއް ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ވެސް ވަނީ ހިމަނުއްވާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.