ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ފަހުމީ: ފޮޓޯ: ސްޓެލްކޯ
ހަބަރު
11 Dec 2023 | 10:15
މިތިބީ ރައްޔިތުންގެ ޚިދުމަތުގައި، އަޅުގަނޑުމެންނަކީ ޚާދިމުން: ހުސައިން ފަހުމީ

ކިތަންމެ ކުޑަކަމެއްގައި ދަތިވިޔަސް އެކަމެއްގެ ވާހަކަ ދެންނެވުމަށާއި ސްޓެލްކޯއިން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެެއްޖެއެވެ. 

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ފަހުމީ ވިދާޅުވީ، ސްޓޭލްކޯއިން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި ކަމަށާއި އެ ބޭފުޅުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގައެވެ. 

ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުންނަށް ދަތިވާ ކިތަންމެ ކުޑަކަމެއް އޮތަސް އަޅުގަނޑުމެންނަށް އަންގާލަދެއްވާށޭ، އަޅުގަނޑުމެން ތިބޭނީ ހިދުމަތުގައޭ އަޅުގަނޑުމެންނަކީ ހާދިމުން

ހުސައިން ފަހުމީ

މީގެ އިތުރުން ފަހުމީ ވިދާޅުވީ، އެ ކުންފުނިން ދެމުން ގެންދާ ޚިދުމަތްތައް ރަނގަޅުކޮށް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ. 

އަދި މީގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތުގެ ތެރެއަށް ސިޔާސީ ނުފޫޒާއި ބާރުތައް ވައްދައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން އަރުވަމުން ފަހުމީ ވަނީ އެ ކުންފުންޏަކީ ކޮރަޕްޝަނުން އެއްކިބާވެ ނަޒާހަތްތެރި ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރާ ކުންފުންޏަކަށް ހަދާނެ ކަމުގެ ޔަޤީންކަން އަރުވައިފައެވެ. 

ރައީސުލްކުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ސްޓެލްކޯގެ އެމްޑީއަކަށް ހުސައިން ފަހުމީ އައްޔަނު ކުރެއްވިތާ 48 ގަޑި އިރު ނުވަނީސް އެ ބޭފުޅާ ވަނީ މަސައްކަތަށް ނިކުންނަވާ ސްޓެލްކޯގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކާއި ސަރަހައްދުތައް ބައްލަވައިލައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް