ރައީސް އިބްރާހިމް މުހައްމަދު ޞާލިހު-- ފޮޓޯ: ވޮއިސް
ހަބަރު
11 Dec 2023 | 16:01
ކުރީ ސަރުކާރުގެ ފަހު އަހަރުގައި ނުރައްކާތެރި ގިނަ ކުށްވެރިން ޖަލުން ދޫކޮށްލާފައިވާކަން ހާމަވެއްޖެ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު އަހަރުގައި ގޭންގް މާރާމާރީތަކުގައްޔާއި ސީރިއަސް ވަޔަލެންޓް ކްރައިމްސް ކުށްތަކުގައި ހިމެނޭ ހިމެނޭ ގިނަ ބަޔަކު ޖަލުން ދޫކޮށްލާފައިވާކަމަށް ހޯމް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކުން ދައްކައިފިއެވެ.

ހޯމް މިނިސްޓްރީން ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ކްލެމެންސީއާއި ޕެރޯލްގެ ދަށުން ދޫކޮށްލި މީހުންގެ އަދަދުތައް ހާމަކޮށްފައެވެ.

މި އަދަދު ތަކުން ދައްކާގޮތުގައި މިއަހަރުތެރޭގައި ޖުމްލަ 434 ކުށްވެރިން ދޫކޮށްލާފައިވާއިރު އޭގެތެރޭގައި ސީރިއަސް ވަޔަލެންޓް ކްރައިމްސް ކުށްތަކުގައި ހިމެނޭ 19 މީހުން ހިމެނެއެވެ.

އޭގެތެރޭގައި ހިމެނެނީ:

ބިރުދެއްކުން - 1 މީހަކު

ތޫނު ހަތިޔާރު ގެންގުޅުން - 1 މީހަކު

ތޫނު އެއްޗަކުން ހަމަލާދިނުން - 1 މީހަކު

މާރާމާރީ - 10 މީހަކު

މޭންސްލޯޓަރ - 1 މީހަކު

އެހެން މީހެއްގެ ނަފުސަށް ގެއްލުން ދިނުން - 2 މީހަކު

ޓެެރަރިޒަމް - 3 މީހަކު

މީގެއިތުރުން މިފަދަ ކުށްތަކުގައި ހިމެނޭ 7 މީހަކު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:

ބިރުދެއްކުން - 1 މީހަކު

މީހަކު މެރުން - 2 މީހަކު

މާރާމާރީ - 1 މީހަކު

މީހަކަށް އަނިޔާއެއް ދިނުން - 1 މީހަކު

ޓެރަރިޒަމް - 3 މީހަކު

މީގެ އިތުރުންވެސް  ވައްކަން ކުރުމުގެ ކުށުގައި ހިމެނޭ 16 މީހުން ކުރީ ސަރުކާރުން ދޫކޮށްލާފައިވާއިރު 11 މީހަކު ގޭ ބަންދަށް ވަނީ ބަދަލު ކޮށްފައެވެ.

މިފަހަކަށް އައިސް މާލެއާއި ރާއްޖޭގެ އެކިހިސާބުތަކުގައި ކުށްކުރުމާއި ގޭންގް މާރާމާރީތައް ވަނީ އިތުރުވެފައެވެ. އެކަމާއިގުޅިގެން ފުލުހުން ވަނީ މުޖުތަމައުތެރޭ ފުލުހުން ހަރަކާތްތެރިވާ އަދަދު ކުރިއަށްވުރެ އިތުރުކޮށް ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.