"ޕްލެޖިންގ ޓްރީ ސެޝަން"ގައި، ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Dec 2023 | 11:07
އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް 5 ކަމަކަށް ރާއްޖެއިން ވަޢުދުވެއްޖެ!

އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް 5 ކަމަކަށް ރާއްޖެއިން ވަޢުދުވެއްޖެއެވެ.

މި ވަޢުދުތައް އިއްވަވައިފައިވަނީ “ހިޔުމަން ރައިޓްސް 75” ފާހަގަ ކުރުމަށް ބޭއްވި “ޕްލެޖިންގް ޓްރީ ސެޝަން” ގައި ރާއްޖެގެ ނައިބު ރައީސް ހުސެއިން މުޙައްމަދު ބައިވެެރިވެވަޑައިގެންނެވެ.

ނައިބުރައީސް ހުސެއިންގެ ވާހަކަފުޅުގައި ރާއްޖޭގައި އިންސާނީ ޙައްޤުތައް ނެގެހެއްޓުމުގެ ސަގާފަތް އާލާކުރުމަށްޓަކައި މި ދާއިރާއިން މީހުން ބިނާކުރުމަށް މިހާރުގެ ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ.

ނައިބުރައީސް ހުސެއިން ވަނީ އިންސާނީ ހައްޤުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ އޮނިގަނޑުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓުމަށާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކަށް އަމަލުކުރާ ގޮތާމެދު މައުލޫމާތު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވަޢުދުވެވަޑައިގެންފައެވެ.

އަދި ހަމައެހެނެމެ އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ އެކިއެކި ނިޒާމުތަކާއެކު އިތުރަށް ގުޅުން ބަދަހި ކުރުމަށް މިހާރުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ދިވެހިރާއްޖޭގެ ފަރާތުން ވަޢުދު ވެވަޑައިގެންފައެވެ.

ހަމަމިއާއި އެކު މުޖުތަމައުގައި ފަރުދީގޮތުން އަދާކުރާ ދައުރާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ދިވެހިރާއްޖެއިން ވަޢުދުވާކަން  ނައިބުރައީސް ބަޔާންކުރެއްވިއެވެ.

އަދި އެއްވެސް ކުއްޖެއް ބާކީނުކޮށް ހަމަހަމަ ގޮތެއްގައި ތަޢުލީމު ހޯދުމަށް މަގުފަހިކޮށްދިނުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ޤައުމީ ފެންވަރުގައި އެކަށައަޅާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްވެސް ރާއްޖެއިން ވަޢުދުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެފަހު ވަޢުދެއްގެ ގޮތުން ނައިބު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދިވެހިންގެ އިންސާނީ ޙައްޤުތަކާ ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިވެހިންގެ މުސްތަޤްބަލު ކަށަވަރު ކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަން ފާހަގަކުރައްވާފައެވެ.

ސްވިޒަރލެންޑްގެ ޖެނީވާގައި ބޭއްވި މި ހަރަކާތުގައި ރާއްޖެއިން ވަނީ މައިގަނޑު 5 ކަމަކަށް ވަޢުދުވެފައެވެ.މެންބަރު ޤައުމުތަކުން މާނަހުރި ކަންތައްތަކެއް ކުރުމަށް ބާރުއެޅުމުގެ ގޮތުން އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި، 100 އަށްވުރެ ގިނަ މެންބަރު ޤައުމުން ވަނީ އެޤައުމުތަކުން ވަޢުދުވާ ކަންކަން ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.