ޢާޒިމާ މޭޔަރ ކަމުގެ ފޯމު އީސީއަށް ހުށަހަޅަނީ-- ފޮޓޯ/ވޮއިސް
ހަބަރު
12 Dec 2023 | 15:48
ޢާޒިމާ، މޭޔަރ ކަމަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފި!

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު، މޭޔަރ ކަމަށް ވާދަކުރައްވުމަށް އެދި، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ. 

ޢާޒިމާގެ އިތުރުން ޕީއެންސީގެ ޓިކެޓްގައި މާލެސިޓީ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށްވެސް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން މިއަދު އީސީއަށް ވަނީ ފޯމު ހުށަހަޅުއްވާފައެވެ. 

ޢާޒިމާ މޭޔަރ ކަމުގެ ފޯމު އީސީއަށް ހުށަހަޅަނީ-- ފޮޓޯ/ވޮއިސް

އީސީއަށް ފޯމު ހުށަހެޅުއްވުމަށްފަހު، ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޢާޒިމާ ވިދާޅުވީ, އޭނާ އާއި އަދި ޕީއެންސީގެ ޓިކެޓްގައި ދެންވެސް ވާދަކުރައްވާ ކެންޑިޑޭޓުން ނުކުންނަވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭއިން މާލެ ސިޓީ އަށް ޚާއްސަ ކުރެވިފައިވާ ސިޔާސަތު ތައް ތަންފީޒް ކުރައްވައި، އެކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ކަމަށެވެ. 

ޢާޒިމާ މޭޔަރ ކަމުގެ ފޯމު އީސީއަށް ހުށަހެޅުން-- ފޮޓޯ/ވޮއިސް

އަދި، ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި އެކަމަށް މަގުފަހިކޮށްދެއްވުމަށް ޢާޒިމާ ވަނީ އެދިވަޑައިގެންފަ އެވެ. 

މޭޔަރ ކަމަށް ވާދަކުރައްވަން ޢާޒިމާ ފޯމް ލައްވާފައިވާއިރު، އޭނާ އަންނަނީ މޭޔަރ ކަމުގެ ކެންޕެއިން ހަރަކާތްތައްވެސް ވަރަށް ފޯރީގައި ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން މާލެ ސިޓީއާއި، ވިލިމާލޭ އާއި ހުޅުމާލޭގައިވެސް ދޮރުން ދޮރަށް ކެންޕެއިން ހަރަކާތްތައް އަންނަނީ ހިންގަވަމުންނެވެ. 

އަދި މީގެ އިތުރުން ރައްޔިތުންގެ ހާލު ގާތުން ބައްލަވައި، ޝަކުވާތައް އަޑު އެއްސެވުމަށް، އާއްމުން އެއްވެ އުޅޭ ތަންތަނަށްވެސް އަންނަނީ ޒިޔާރަތް ކުރައްވަމުންނެވެ. 

މި އިންތިޚާބުގައި ޢާޒިމާގެ އިތުރުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް ޢާޒިމް އާއި މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރ ސައިފް ފާތިހްވެސް ވާދަކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ