ރައީސް ނަޝީދު-- ފޮޓޯ: މަޖިލިސް
ހަބަރު
12 Dec 2023 | 20:57
އަސަރުގަދަ ބަޔާނަކާއެކު ރައީސް ނަޝީދު ސިޔާސީ ކަންކަމުން "މިވަގުތަށް" ދުރަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިކަން އިއުލާންކުރައްވާ ނަޝީދު ވަނީ އެކްސްގައި ބަޔާނެއް ހިއްސާކުރައްވާފައެވެ.

މި ބަޔާނުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ދިވެހި ރާއްޖޭގެ ސިޔާސީ އެކި މަސައްކަތުގައި އުޅުއްވާތާ އަހަރުތަކެއް ވެއްޖެކަމަށެވެ. މި މަސައްކަތުގައި ހޭދަ ކުރެވުނު އަހަރުތަކުގެ ތެރޭގައި ގިނަ ބަޔެއްގެ އެހީތެރިކަން ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ވާދަވެރިންނާއި ފުރައްސާރަކޮށް މަލާމާތް ކުރާ ހަތުރުވެރިންނަކީ ވެސް އެ މަނިކުފާނުގެ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މި އެންމެހާ ފަރާތްތަކަށް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މިއަދު އަޅުގަނޑު މިލިޔާ ބަޔާނުގެ ބޭނުމަކީ އަހަރުތަކަކަށް އަޅުގަނޑު ސިޔާސީ މަސައްކަތުން ދުރުވާކަމަށް ދެންނެވުމެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރާނެ ވާހަކަ ދެންނެވުމެވެ."

ނަޝީދު ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ފައްކާކުރުމާއި ރާއްޖެއަކީ އިސްލާމީ އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު މިކަންކަން ވަރަށް ބޮޑަށް އަށަގެންފައިވާކަމަށް ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު އެންމެ ފަހުން ތަމްސީލް ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާއެވެ. އެ ދާއިރާގެ ރައްޔިތުން އެމަނިކުފާނާ މެދު ބެހެއްޓި ގާތްކަމާއި ކުރި އިހްތިރާމާއި ގަދަރާއި އިތުބާރަށް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ހަޔާތުގައި އަނިޔާއާއި އެކަނިވެރިކަމާއި ހިތާމަ ލިބިވަޑައިގެންނެވި ކަމަށާއި އާއިލާއާއި ދުރުގައި އުޅުއްވަން ޖެހިވަޑައިގެން، މުޅި ޒާތީ ހަޔާތް ބަރުބާދުވެފައިވާކަމަށެވެ. 2021 ވަނަ އަހަރު އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ސަބަބުން ފުރާނައަށް ނުރައްކާވިކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހުރިހާކަމެއްގެ ތެރެއިން ވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިވަޑައިގެންނެވި ކަމަށާއި ބޮލަށް މެހުނު ހުރިހާ މަޅިފަތިތަކެއް ވެސް ބަދަލުވީ މާފައްޗަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާބިލްކަން ހުރި މިންވަރަކުން ދިވެހިރާއްޖޭގެ ވެރިކަމާއި މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރެއްވިކަމަށާއި ދިވެހިރާއްޖެއަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކޮށް އެކަމާއި އުފާކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އޭނާގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ އދ.ގެ ތިމާވެށީ ކޮންފަރެންސްގައި އެ ޖަމާއަތުގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމް އަދާކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތު ގަބޫލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ވަޒީފާގައި ރާއްްޖެއަށް ޚިދުމަތްކޮށްދެއްވޭނެ ކަމަށާއި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ 1999 ވަނަ އަހަރުއެވެ. އެހެން ނަމަވެސް ވެލާނާގެއިން ލިޔުންތަކެއް ނެންގެވި މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މެންބަރުކަން އެ ފަހަރު ގެއްލިގެން ދިޔައެވެ.

އޭގެ ފަހުން 2005 ގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އެމްޑީޕީ އުފައްދަވައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ނަޝީދު ވަނީ ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާފައެވެ. ދައުރު ހަމަނުވަނީސް ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެ މަނިކުފާނު 2019 ވަނަ އަހަރު މައްޗަން ގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ، އެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް