މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ހަބަރު
12 Dec 2023 | 21:40
ރާއްޖޭގައި އަލަށް ގާއިމްކުރާ މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ އަޅައިފި

ރާއްޖޭގައި އަލަށް ގާއިމްކުރާ މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ ގއ. މާނަގަލާގައި އަޅައިފިއެވެ.

އެމާއި ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ތަރައްގީކުރާ މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ މިއަދު އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު އާއި ހުވަދުއަތޮޅު އުތުރުބުރީ ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީންއެވެ.

މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ އަމާޒަކީ މި ހެޗަރީގައި 2024 ވަނަ އަހަރުގެ ފަހުކޮޅު އެމުގެ ފުރަތަމަ ބެޗް އުފެއްދުން ކަމަށެވެ.

"ގއ. މާނާގަލާގައި ޤާއިމުކުރާ ހެޗަރީގައި އެކިބާވަތުގެ ކަނޑުގެ ދިރުންތައް އާލާކުރެވިގެން ދާނެ. އޭގެ ތެރޭގައި ފާނައާއި ހުއިފިލަނޑާ އަދި ދިރޭ އެމުގެ ގޮތުގައި ބޭނުން ކުރެވިދާނެ ބާވަތެއް ކަމަށްވާ ބޭންގު ހިމެނޭ. އަމާޒަކީ 2024 ވަނަ އަހަރުގެ ފަހުކޮޅު އެމުގެ ފުރަތަމަ ބެޗް އުފެއްދުން."

މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓް ހިންގަނީ މި ކަމުގެ ތަޖުރިބާ ހުރި ކުންފުންޏެއްކަމުގައިވާ ދުބާއީގެ އެކުއާ ބްރިޖް ގްރޫޕުންނެވެ. އެތަން ހިންގުން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 20 އަހަރުގެ މުއްދަތަކަށެވެ. 

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗަރ ގާއިމްކޮށް، ދެވަނަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ތެރޭގައި ހިމެނޭ ނާސަރީތަކާއި ލައިވް ފީޑް ޕްރޮޑަކްޝަން ފެސިލިޓީތަކާއި ލެބޯޓަރީތަކާއި މޫދު ކޮށިތައް ޤާއިމުކުރާނެކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.