ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން--ފޮޓޯ: މަޖިލިސް
ހަބަރު
13 Dec 2023 | 13:15
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ އެމްޑީޕީން ދެކޮޅު

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓަށް 49 މިލިއަން ރުފިޔާ އިތުރު ކުރުމަށް ހިމަނައިފައެވެ. 

އެގޮތުން އިއްޔެގެ މަޖިލީހުގެ ތަޅުމަށް މި ބިލު ހުށަހަޅުއްވައި ހިޝާން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށުން މަސައްކަތް ކުރާ 1،900 މުވައްޒަފުން ތިބި ކަން ފާހަގަ ކުރައްވައިފައެވެ.

މީގެ އިތުރުން އެ އިސްލާހުގައި ވާގޮތުން ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރުމަށް އަންނަ އަހަރަށް 43 މިލިއަން ރުފިޔާގެ ބަޖެޓެއް އިތުރު ކުރުމަށް ހިމަނައިފައި ވާއިރު މުވައްޒަފުންގެ އިންޝުއަރަންސް ހަމަޖެއްސުމަށް ބޮލަކަށް އަހަރަކު 3،500 ރުފިޔާ ހަމަޖެއްސުމަށް ހަ މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށްވެސް ވަނީ ހިމަނައިފައެވެ. 

އެހެންނަމަވެސް، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ކޮމެޓީ މަރުހަލާގައި އެ އިސްލާހު އުނިކުރުމަށް ނިންމާފައެވެ.

މިކަން ހާމަކޮށް ހިސާން ވަނީ، 2009 ވަނަ އަހަރުން ފެށިގެން ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުމެއް އައިސްފައި ނުވާކަން ފާހަގަކޮށް އެމްއެންޕީގެ ޕާލިމަންޓްރީ ގުރޫޕްގެ މި ނިންމުމާމެދު ޓުވިޓާގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. 

އެހެންކަމުން ޕާލަމެންޓަރީ ގުރޫޕުގެ ނިންމުމާ ހިލާފު ނުވުމަށް، ބަޖެޓަށް ހުށަހެޅި އިސްލާހުތައް އަނބުރާ ގެންދެވުމަށް ހިސާން ވަނީ ނިންމަވާފަ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށާއި ޑީޖޭއޭގެ ބަޖެޓު އިތުރުކޮށް ދިނުމަށް އެދި 2019 ވަނަ އަހަރުން ފެށިގެން އެ ވާހަކަ އައީ ދެކެވެމުންނެވެ. އެހެންނަމަވެސް ކޮވިޑާއެކު އައި މާލީ ގޮންޖެހުންތަކާ އެކު އެކަން އޭރު މަޑު ޖެހިގެން ދިޔައީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.