ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް ފެއްޓުމުގެ ރަސްމިއްޔާތު ތެރެއިިން
ކުޅިވަރު
14 Dec 2023 | 06:48
ފަހަތުން އަރައި ކެލާ ކައުންސިލްގެ ޓީމު ބަލިކޮށް ޓީމު ޕާމް އިން ފެށުން ރަނގަޅުކޮށްފި

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގެ ކުޅުން މިރޭ ފެށިއިރު،  މުބާރާތުގެ ފުރަތަަމަ މެޗުގައި ކެލާ ކައުންސިލްގެ ޓީމާއި ޓީމް ޕާމް ވާދަކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ ޓީމް ޕާމް އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް މިރޭ ރަސްމީކޮށް ފެށިއިރު، މިރަސްމިއްޔާތް ޝަރަފްވެރި ކޮށްދެއްވީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހަންމަދު ވަހީދު އެވެ. 

ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް ފެއްޓުމުގެ ރަސްމިއްޔާތު ތެރެއިިން 

މިރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގެ ފުރަތަަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 26-24 އިން ކާމިޔާބުކުރީ ކެލާ ކައުންސިލްގެ ޓީމެވެ. ނަމަވެސް ޖެހިގެންއައި ސެޓް ފަސޭހަކަމާއި އެކު 18-25 އިން ކާމިޔާބުކުރީ ޓީމް ޕާމް އެވެ. އަދި މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ދެ ސެޓު ވެސް ޓީމް ޕާމް އިން ކާމިޔާބުކުރީ 25-21 އިންނެވެ.

ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް ފެއްޓުމުގެ ރަސްމިއްޔާތު ތެރެއިިން 

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3 ސެޓް 1 ސެޓުން ޓިމް ޕާމް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޓީމް ޕާމްގެ ލަޝިންދު މެތުމަލް އެވެ.

ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް ފެއްޓުމުގެ ރަސްމިއްޔާތު ތެރެއިިން 

މި މުބާރާތަކީ ހޯރަފުށީގައި ވޮލީބޯޅަ ދިރުވައި އާލާކުރުމުގެ އިތުރުން ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި 2021 ވަނަ އަހަރު ހއ.ހޯރަފުށީގައި ހަރަކާތެރިވާ ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުލަބު ޖީއެސް އިން ބާއްވަން ފެށި މުބާރާތެކެވެ.

ޗެންޕިއަން ޓީމަށް 25000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ސޭލްސްކޯ ހާޑްވެއާ އެވެ. އަދި އޮފިޝަލް ކިޓް ސްޕޮންސަރަކަށް އެލިޓެޒް ޖާޒީ އެވެ. މީގެއިތުރުން މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.