އައިއެސްއީއެފް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
14 Dec 2023 | 12:44
އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމް ފަށައިފި

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމް(އައިއެސްއީއެފް) ފަށައިފިއެވެ.

މިކަމާއި ބެހޭގޮތުން އެ މިނިސްޓްރީން ބުނީ މި ފޯރަމް ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.

މި ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ގެ އިތުރުން އެކިއެކި އިންސްޓިޓިއުޓްތަކުގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. 

އައިއެސްއީއެފް ހުޅުވުމަށް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަޤުފުގެ މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މާލޭ ސިޓީގައި ހުރި ވަގުފު ޕްރޮޕަޓީ "ދާރުލް އިމާން" އިން މިއަހަރު 6-7 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފައިވާތީ އެއީ ލިބުނު ކާމިޔާބީއެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އިސްލާމީ އިޤްތިޞާދީ ތަރައްޤީއަށް ބާރުއަޅުއްވަމުން މިނިސްޓަރު ވަނީ ޚާއްޞަކޮށް ޒަކާތާއި ވަޤުފާއި ޙައްޖު ކޯޕަރޭޝަންއާއި ބެހޭގޮތުން ރައީސް ޑރ.މުޢިއްޒުގެ މެނިފެސްޓޯ ގައި ހިމަނާފައި ހުރި ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ.

އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގެ ޝަރަފުވެރި މެހެމާން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ އަލްފާޟިލް މުފައްދާލް އިދްރީސް ޚުމްރީ އިސްލާމިކް ނިޒާމާއި އެ ނިޒާމު އުފެދުމުގެ ތަޢާރަފެއް ދެއްވާ، ވަޤުފާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އޭގެތެރޭގައި، އޭގެ މުހިންމުކަމާއި، ފަންނާއި، ސަޤާފަތާއި، ޙަޟާރަތުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމުގެ އިތުރުން، ވަޤުފުގެ އަސްލު އުސްމާނީ ދައުލަތާ ހަމައަށް ހޯއްދަވައި، އިޖުތިމާޢީ ރައްކާތެރިކަމުގެ ގޮތެއްގެ ގޮތުގައި ވަޤުފުގެ ތާރީޚީ ދައރުރާއި ބެހޭގޮތުންވެސް އެބޭފުޅާ އަލިއަޅުއްވާ ލެއްވިއެވެ.

މިފޯރަމް ގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތަކުގެ ތެރޭގައި ޒަކާތު ފަންޑާއި، ހައްޖު ފަންޑާއި، އައުޤާފް ފަދަ ފަންޑުތައް ބޭނުންކުރުމާއި ތަރައްޤީވުން ހިމެނެއެވެ. އައިއެސްއީއެފްގެ މަގުސަދަކީ މި ފަންޑުތަކުގެ ސްޓްރެޓެޖިކް އެޕްލިކޭޝަނާއި، އަހަރުތަކުގެ ތެރޭގައި އެ ފަންޑުތަކުގެ ޓްރާންސްފޯމަޓިވް ދަތުރު ދިރާސާ ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.