މާލޭގައި ބޭއްވުނު ކުޑަކުދިންގެ ހަވީރެއް. ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Dec 2023 | 13:07
ހުރަވީ ދުވަހާއި ގުޅިގެން ޤައުމިޔަތު މިނިސްޓްރީ އިން ކުޑަކުދިންގެ ހަވީރެއް

ހުރަވީ ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެެއް ބޭއްވުމަށް ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ހުރަވީ ދުވަހާއި ގުޅިގެން ބާއްވާ މި ކުޑަކުދިންގެ ހަވީރު އޮންނާނީ މާދަމާ ހަވީރު 4:00 ން 6:00 ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިކަމާއި ބެހޭ ގޮތުން “ވޮއިސް” އަށް މަޢުލޫމާތު ދެއްވި އެމިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު އަޙްސަން ވިދާޅުވީ މި ކުޑަކުދިންގެ ހަވީރުގައި ޅެންކިޔުމާއި، ރޯނުވެށުމާއި ބޮޑުބެރު ޖެހުން ފަދަ ދިވެހި ވަންތަ ހަރަކާތްތައް ކުރިއަށް ދާނެއެވެ.

މީގެ އިތުުރުން އަޙްސަން ވިދާޅުވީ މި ކުޑަކުދިންގެ ހަވީރުގައި ހުރަވީ ދުވަހާއި ގުޅޭ އާސާރީ ތަކެތި ކުޑަކުދިންނަށް ދައްކާލުން އޮންނާނެ ކަމަށެވެ.

ހަމައެހެންމެ ފޭސް ޕެއިންޓިން އާއި ކުލަޖެއްސުމާއި ކުޑަކުދިންނަށް ހަދިޔާ ދިނުންވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްސަން ވިދާޅުވީ ހުރަވީ ދުވަހާއި ގުޅިގެން ޑިސެމްބަރު 17 އިން 21 އަށް ޤައުމީ ދާރުލް އާސާރުގައި ދޮންބާޑަރައިންގެ ހަނދާނީ މައުރަޒެއް އޮންނާނެ ކަމަށެވެ. އަދި މި މައުރަޒަކީ ދޮންބާޑަރައިންގެ ޖިހާދުގެ ޒިކުރާ އައު ކުރުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.

ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ހިޖުރީ ތާރީޚުން ޖުމާދިލްއާޚިރް މަހުގެ ތިންވަނަ ދުވަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.