ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގެ ތެރެއިން-- ފޮޓޯ: އަލް ޖަޒީރާ
ހަބަރު
14 Dec 2023 | 21:15
ޣައްޒާއަށް ނުރައްކާތެރި ބަލިތަކުގެ "ތޫފާނެއް"!

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކާއި ކުރިމަތިލާންޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާކަމަށް ބޭރު ދުނިޔޭގެ ޚަބަރުތަކުން ރިޕޯޓްކޮށްފިއެވެ.

މިހާތަނަށް އިސްރާއީލުގެ ބޮމާއި ވަޒަންތަކުން ވަށާލެވިފައިވާ ޣައްޒާގެ ރައްޔިތުންގެ ފަހަތުން ދުވަނީ ހިމޭން، ނުފެންނަ ޤާތިލެއް ކަމުގައިވާ ބަލިތަކެވެ.

ކާނާއާއި ސާފު ފެނާއި ބޯހިޔާވަހިކަމުން ލައްކައެއްހާ މީހުން މަހްރޫމްވެފައިވާއިރު، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި އެހީތެރިންވަނީ އިންޒާރު ދީފައެވެ.

މިއަހަރުގެ ނޮވެމްބަރު 29 އިން ޑިސެމްބަރު 10 އަށް ބޭރަށް ހިންގުމުގެ މައްސަލަތައް ދިމާވެފައިވާ ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދު 59،895 އަށް އަރާފައިވާއިރު، އާބާދީގެ އެހެން މީހުންނަށް މި ބަލި ޖެހިފައިވާ އަދަދު 55 ޕަސެންޓަށް ވުރެ މައްޗަށް އަރާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އދ.ގެ އެޖެންސީން ބުނީ ޣައްޒާގެ ހުރިހާ ނިޒާމަކާއި ހިދުމަތަކަށް މި ހަނގުރާމައިގެ ސަބަބުން ބުރޫއަރާފައިވާތީ ބަލިތައް ފެތުރޭ މިންވަރު ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށެވެ.

މީގެއިތުރުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ދިޔަ 1.9 މިލިއަން މީހުންނަށް ހިޔާތަކުގައި ތޮއްޖެހިގެން އުޅެން ޖެހުމުގެ ސަބަބުން ގިނަ ބަލިތަކެއް ފެތުރި، ތަފާތު ބަލިތަކެއްގެ 360،000 އެއްހާ ކޭސް ވަނީ ފެނިފައެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 18،412 މީހަކު ޝަހީދު ކޮށްލާފައިވާއިރު، 50،000 ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.