އިންތިޚާބެއްގެ ތެރެއިން-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ހަބަރު
14 Dec 2023 | 22:04
އިންތިޚާބާ ނުލައި 12 ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް މެންބަރުން ހޮވިއްޖެ

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ 13 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން 12 ރަށެއްގެ ގޮނޑިއަށް އިންތިޚާބަކާ ނުލައި މެންބަރުން ހޮވިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިކަމާ ގުޅިގެން ވިދާޅުވެފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ބައި-އިލެކްޝަންގައި 12 ރަށެއްގެ ގޮނޑިއަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ، އިންތިޚާބަކާނުލައި މެންބަރުން އިންތިޚާބުވެފައި މިވާ ރަށްރަށުގެ ބައި-އިލެކްޝަން ނުބާއްވާނެ ކަމަށެވެ.

"ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ބާއްވަން ކޮމިޝަނުން އިޢުލާނުކުރީ 13 ބައި-އިލެކްޝަނެއް. އެ 13 ބައި-އިލެކްޝަނުގެ ތެރެއިން 12 ރަށެއްގެ ބައި-އިލެކްޝަނަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ، ބައި-އިލެކްޝަން ނޯންނާނެ. އެ ފަރާތްތައް ވަނީ ހޮވިފައި." 

ހަބީބް ވިދާޅުވިއެވެ.

އެހެންކަމުން ދެން އޮންނާނީ ހަމައެކަނި މ. މުލަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އެކަނި ކަމަށާއި މި މަޤާމަށް ދެ މީހަކު ކުރިމަތިލައްވާފައިވާކަމަށް ޙަބީބް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ހުޅުވާލި 18 ރަށުގެ ތެރެއިން، އެއްވެސް ފަރާތަކު ކުރިމަތިނުލައި ހުރި ރަށްތަކަކީ ރ. ރަސްގަތީމު، ބ. ކެންދޫ، އއ. ތޮއްޑޫ، ވ. ތިނަދޫގެ އިތުރުން މ. ރަތްމަންދޫ އަދި ފ. ބިލެތްދޫއެވެ.

މީގެ ތެރެއިން، ވ. ތިނަދޫގެ ކޮމިޓީއަށް 5 މެންބަރަކު އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، ދެން ކޮންމެ ރަށަކަށް އިންތިޚާބު ކުރާނީ އެންމެ މެންބަރެއްކަމަށް ޙަބީބް ވިދާޅުވިއެވެ. އަދި މި ރަށްރަށުގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމަށް އަލުން އިޢުލާނުކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ގައި ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު މި ބައި-އިލެކްޝަންގައި ވ. ރަކީދޫ، ފ. ދަރަނބޫދޫ އަދި ގދ. މަޑަވެލީގެ ހުސްވެފައިވާ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމާއި، ބ. ފެހެންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ޙަބީބު ވިދާޅުވިއެވެ.

ކައުންސިލް ބައި-އިލެކްޝަނަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 12 އިން 27 އަށް ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.