އާސަންދައިގެ ހިދުމަތްދޭ މަރުކަޒެއް-- ފޮޓޯ: ވޮއިސް
ހަބަރު
14 Dec 2023 | 22:38
އާސަންދަ ސްކީމްގެ ދަށުން އިތުރު ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް އާއްމުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ހިމެނޭ ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ ވައުދުތައް ތަންފީޒުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އިން އުސޫލުތަކެއް ކަނޑައަޅައިފިއެވެ.

މި އުސޫލަށް ކިޔާނީ "ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުސޫލު" ކަމަށް މިކަމާއި ބެހޭގޮތުން އެންސްޕާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި އުސޫލުތަކުގެ މަޤްސަދަކީ ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި ބަޔާންކޮށްދިނުމާއި އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލު ބަދަލުކުރުމަށް ހިނގާ ހަރަދު ހަމަޖައްސައިދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްދިނުމުގެ އިތުރުން، އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ، ހަމަޖައްސައިދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށްދިނުން ކަމަށް އެންސްޕާއިން ބުނެއެވެ.

އެގޮތުން ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުސޫލުގެ ދަށުން ވަކިވަކި އުމުރުފުރާތަކަކަށް އާސަންދައިން ކަނޑައަޅާ މެޑިކަލް ޕެކޭޖްތައް އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ޑޮކްޓަރުންގެ ލަފައާއެކު އެއްފަހަރު ޗެކްއަޕް ހެދި ފަރާތްތަކަށް އާސަންދައިގެ ދަށުން ދެވަނަ ފަހަރަށް ވެސް މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އަދި މެޑިކަލް ޗެކްއަޕްގެ ގޮތުގައި ފޯރުކޮށްދޭ ހިދުމަތުގެ ނަތީޖާ އާސަންދައިގެ ހިދުމަތް ދޭ މަރުކަޒުތަކުން އެކުންފުންޏާއި ހިއްސާކުރަން ޖެހޭނެކަމަށް ވެސް ވެއެވެ.

މީގެ އިތުރުން މި އުސޫލުތަކުގައި އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި ބޭސްފަރުވާކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމަށް ހިނގާ ހަރަދު ސްކީމް މެދުވެރިކޮށް އެކަމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް ހަމަޖައްސައިދެވޭނެ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލް ބަދަލުކުރުމަށް އެދޭ ހާލަތްތަކުގައި އަގަށް އަންނަ ބަދަލު %10 އަށް ވުރެ ކުޑަނަމަ ޚަރަދަކާއި ނުލައި މި އިންތިޒާމް ހަމަޖައްސައިދެވޭނެ ކަަމަށާއި އެ އިންސައްތައަށް ވުރެ އަގަށް އަންނަ ބަދަލު އިތުރުވާނަމަ އަގު ހަމަޖައްސަންޖެހޭނީ ޚިދުމަތް ލިބިގަންނަ ފަރާތުންކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ފަރުވާކުރުމަށް މިއުސޫލުގެ ދަށުން އާސަންދަ ލިބޭނީ ސަރުކާރުގެ ހޮސްޕިޓަލްތައް އަދި ސިއްހީ މަރުކަޒުތަކުން ކަމަށާއި ރާއްޖެއިން ބޭރުން ފަރުވާކުރާނަމަ މި ހިދުމަތް ލިބޭނީ އާސަންދަ ސްކީމް ހިމަނާފައިވާ ހޮސްޕިޓަލްތަަކަށް އެކަނި ކަަމަށް ވެސް އެންސްޕާއިން ވަނީ ބަޔާންކޮށްފައެވެ.

މި ކަމާގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ އެންސްޕާ ނުވަތަ އާސަންދަ ކޮމްޕެނީ ލިމިޓެޑަށް ހުށަހެޅޭނެ ކަމަށާއި ޝަކުވާ ހުށަހަޅާތާ 24 ގަޑިއިރުތެރޭ އެކަމުގެ ތަފްސީލު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.