ހުކުރު ޚުތުބާ އަޑުއަހަނީ-- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
ދީން
15 Dec 2023 | 13:27
"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ނުކުރާ ނަމަ، އެބައެއްގެ މައްޗަށް އުގޫބާތެއް ފޮނުއްވުން ގާތްވެގެންވޭ"

ހެޔޮ ކަންކަމަށް ޢަމުރުކޮށް ނުބައި ކަންކަން ނަހީ ނުކުރާ ނަމަ، އެބައެއްގެ މައްޗަށް، މާތް الله ގެ ހަޟުރަތުން ޢާއްމުވެގެންދާފަދަ އުގޫބާތެއް ފޮނުއްވުން ގާތްވެގެންވާ ކަމަށް އަހަރެމެންގެ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ހަދީޘް ބަސްފުޅުން އެނގޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމުފެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ޚުތުބާއި ބުނީ، މާތް الله އަށް ،އީމާންވުމާއި، ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، މުންކަރާތްތައް މަނާ ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކަންތައްތަކުގައި އެހީތެރިވުމާއި، ނުބައި ކަންކަމުން މުޖުތަމަޢު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަންކަން ކަމަށެވެ.

"ޢުމަރު ބުނު ޚައްޠާބު ރަޟިޔަالله އަންހު ވިދާޅުވިއެެވެ. "މިއުންމަތުގެ މީހެއްކަމުގައި ވުމަށް އެދޭމީހާ، ފަހެ އުންމަތުގެ މީހެއްކަމުގައި ވުމުގެ ޝަރުތު (އެބަހީ: ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާ ކުރުމުގެ ޝަރުތު ފުރިހަމަ ކުރާހުށިކަމެވެ!"

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ، އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތް الله އަޅުއްވާފައިވާ ޒިންމާއެއް ކަމަށެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުން އެޒިންމާ އަދާކުރަންޖެހޭނެ ކަމަށެވެ.

ހަމައެހެންމެ، އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީވެސް މީސްތަކުންނަށް އިސްލާމްދިނުގައި އަންގާފައިވާ ކަންކަމަށް ބާރު އެޅުމާއި، ދީނީ ކަންކަމާއި ބެހޭ ޢިލްމު އާންމު ކުރުމާއި، އިސްލާމީ ޝިޢާރުތައް ނެގެހެއްޓުމާއި، މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން މަނާ ކުރުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، މުޖްތަމައެއް ތަހުޒީބުވާނީ އެ މުޖްތަމައެއްގައި ހުރި އެންމެހައި ނޭއްގާނީ ކަންކަން މަނާކުރެވި، ހެޔޮކަންތަކަށް އަމުރު ކުރެވިގެން ކަމަށެވެ. އަދި އެ މުޖްތަމައެއްގައި ހިނގާ މުންކަރާތްތައް މަނާ ނުކުރެވޭނެނަމަ އެބަޔަކު އެވަނީ، އެބައެއްގެ އަމިއްލަ އަތްތަކުން، ހަލާކުގެ ދޮރުތައް ހުޅުވާފައި ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. އެ ފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާގެ ނަފްސުވާ، ފަރާތްޕުޅު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރާހުށިކަމެވެ. އަދި ހަމަކަށަވަރުން މުންކަރާތްތައް މަނާ ކުރާހުށިކަމެވެ. ނޫން ނަމަ މާތް الله އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ މައްޗަށް އާންމުވެގެންދާފަދަ އުގޫބާތެއް ފޮނުއްވުން ގާތްވެގެންވާކަން ކަށަވަރެވެ. ދެން އެހިނދުގައި ތިޔަބައިމީހުން އެކަލާނގެ އަށް ދުއާ ކުރިކަމުގައި ވީ ނަމަވެސް ތިޔަބައިމީހުންގެ ދުއާ އިޖާބަ ނުކުރެއްވޭހުއްޓެވެ.

ޚުތުބާ

ހުތުބާގައި އިތުރަށް ބުނީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުމުގެ މަސައްކަތަށް ބަޔަކު އަބަދުވެސް ނިކުމެ، އެކަމަށް ހުސްވެފައި ތިބުމަށް މާތް الله ވަނީ އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި އެމީހުންނަކީ ކާމިޔާބުގެ އަހުލުވެރިން ކަމުގައި މާތް الله އަންގަވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.