ޓީމް ޕާމް އާއި ޓީމު ހިޔާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
15 Dec 2023 | 22:26
ފަހަތުން އަރައި ވަރުގަދަ ޕާމް ބަލިކޮށް ޓީމު ހިޔާ އިން ސެމީގެ އުންމީދު ދަމަހައްޓައިފި

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގައި މިރޭ ޓީމު ހިޔާ ފުރަތަަމަ ސެޓް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ ޓީމު ހިޔާ އިން މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.

މުބާރާތުގައި ޓީމު ޕާމް އިން ކުޅުނު ފުރަތަަމަ މެޗުގައި ތިން ސެޓު އެއް ސެޓުން ކެލާ ކައުންސިލްގެ ޓީމު އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ޓީއޯ ސްޕޯޓްސް ކުލަބު އަތުން އެޓީމު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އަދި މުބާރާތުގައި ޓީމު ހިޔާ އިން ކުޅުނު ފުރަތަމަ މެޗުގައި ތިން ސެޓު ދެ ސެޓުން އެޓީމު ވަނީ ކެލާ ކައުންސިލް އަތުން ބަލިވެފައެވެ.

ޓީމް ޕާމް އާއި ޓީމު ހިޔާ ވާދަކުރި މެޗުގެ ތެރެއިިން

މިރޭގެ މެޗުގެ ފުރަތަަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިސެޓް 20-25 އިން ކާމިޔާބުކުރީ ޓީމް ޕާމް އެވެ. ނަމަވެސް ޖެހިގެންއައި ސެޓް ފޯރިގަދަ ކުޅުމަކަށް ފަހު 24-26 އިން ކާމިޔާބުކުރީ ޓީމް ހިޔާ އިންނެވެ. އަދި މެޗުގެ ތިންވަނަ ސެޓް 25-23 އިން އެޓީމު ކާމިޔާބުކުރިއިރު، ހަތަރު ސެޓް އެޓީމުން ކާމިޔާބުކުރީ 22-25 އިންނެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ތިން ސެޓު އެއް ސެޓުން ޓީމު ހިޔާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޓީމު ހިޔާގެ މުބައްޝަރު އެވެ.

ޓީމް ޕާމް އާއި ޓީމު ހިޔާ ވާދަކުރި މެޗުގެ ތެރެއިިން

މި މުބާރާތަކީ ހޯރަފުށީގައި ވޮލީބޯޅަ ދިރުވައި އާލާކުރުމުގެ އިތުރުން ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި 2021 ވަނަ އަހަރު ހއ.ހޯރަފުށީގައި ހަރަކާތެރިވާ ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުލަބު ޖީއެސް އިން ބާއްވަން ފެށި މުބާރާތެކެވެ.

ޓީމު ހިޔާގެ މުބައްޝަރު 

ޗެންޕިއަން ޓީމަށް 25000 ރުފިޔާ އަދި ރަނައަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.