ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ. ފޮޓޯ: ވޮއިސް
ހަބަރު
16 Dec 2023 | 13:28
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެ ކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާއަކީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ދޮންބަންޑާރައިން ކުރެއްވި ޖިހާދުގެ ހަނދާނަށް ޚާއްޞަކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، ޤައުމީ ބަޠަލުންނަށް ޝުކުރު އަދާކޮށް ޒިކުރާ އައު ކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ. 

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރު) ގައި ކަމަށް އެވުޒާރާއިން ބުނެއެވެ.

މި ޖަލްސާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ޢިއްޒަތްތެރީންނާއި ދައުލަތާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ ފަރާތްތަކާއި ސްކޫލުތަކުގެ ދަރިވަރުން ވެސް ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ޓީވީ އާއި ރޭޑިއޯ އިން ވަގުތުން ދުރަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ހުރަވީ ދުވަހާ ގުޅުވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި، ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ހުރަވީ ދުވަހުގެ ޚާއްޞަ އެސެމްބްލީ އެއް ބެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހަވީރެއް އިއްޔެ ބާއްވައިފައިވާއިރު  "ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު" ގެ ނަމުގައި ޤައުމީ ދާރުލްއާސާރުގައި ޑިސެންބަރު 17 އިން 21 އަށް މައުރަޒެއް ކުރިއަށް ދާނެ ކަމަށްވެސް ބުނެއެވެ.
 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.