ހުރަވީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Dec 2023 | 10:20
ތަހުޒީބާ ތަރައްޤީއަކީ ތިމާއަށްވުރެ އިސްމީހުންނަށް ޤަދަރުކުރުން: ރައީސް މުޢިއްޒު

ތަހުޒީބާ ތަރައްޤީ އަކީ ތިމާއަށްވުރެ އިސްމީހުންނަށް ޤަދަރުކުރުން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހީންގެ ކިބައިގައި އިހު އޮތް ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމާއި މި ފަދަ ހުރިހާ މާތް ސިފަތަކެއް އަށަގެންނެވުމަށް ޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

“ދިވެހި ޤައުމަކީ އެކަކު އަނެކަކުގެ މައްޗަށް ކުލުނާއި އަގަލު ހުންނަ، ދުވަސްވީ މީހުންނަށް ކަމޭ ހިތާ، ތިމާއަށް ވުރެ އިސް މީހާއަށް ޤަދަރުކުރާ ޤައުމަކަށް ހެދުމަށް ވަރަށް ހިންމަތްކުރަންޖެހޭ ތަހުޒީބަކީ ތަރައްޤީއަކީ އެއީ” 

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޢިއްޒު ވިދާޅުވީ މި ކަންކަން ކުރިޔަށް ގެންދެވޭނީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެން ކަމަށެވެ. އަދި އެކަމުގެ ސަބަބަކީ އެއީ ހައްތަހާ ވެސް ދިވެހި ޤައުމިއްޔަތުގެ ސިފަތައް ކަމުގައި ވުމާއި، ޤައުމިއްޔަތުގެ ނާރެހަކީ ނުވަތަ މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ވުމެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ހުވާ ކުރެއްވެވި ދުވަހު އެމަނިކުފާނުގެ ހިންގުމުގެ ސިޔާސަތުތައް ޚިއްސާ ކުރެއްވެވި ކަމަށާއި، އެ ސިޔާސަތު ބިނާވަނީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމަށް ދެންނެވިކަމަށެވެ.

ރައީސް ވިދާޅުވީ އިންސާނީ ބިނާކުރުމަކީ ސިކުނޑި ބިނާކުރުން ކަމަށެވެ. ހަމަމިއާއި އެކު ސިކުނޑި ބިނާކުރުމުގައި ޤައުމާ އެއްކޮޅަށް ހަރަކާތްތެރިވާ ނުވަތަ ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރައްވާނެ ކަމަށް ވިދާޅުވި ކަމަށްވެސް އެމަނިކުފާނުގެ ރޭގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

“މި ކަމުގައި ދައުލަތުގެ ހުރިހައި މުއައްސަސާއެއް ބައިވެރިވާނެ، ތިޔަ ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ ތާއީދާއި އެހީތެރިކަމަށް އަޅުގަނޑު އެދުނިން، މިއަދު މި ވަގުތު ވެސް އެދެން، މިކަމާ ގުޅޭ ޚާއްޞަ މަޝްރޫޢު ކަމުގައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢު އިރާދަކުރެއްވިއްޔާ ކާމިޔާބު ކަމާއެކީ ކުރިޔަށްދާނެ” ރަައީސް ވިދާޅުވިއެވެ.

މިއާއި އެކު ރައީސް ވިދާޅުވީ އެކަމަށް ޓަކައި ސަރުކާރުގެ ހަފުތާ 14 ތެރޭގައި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި ޤައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެ ކަމަށާއި، މަދުރަސާ ކުދިންގެ މަންހަޖުގެ ތެރެއަށް ޤައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެ ކަމަށެވެ.

އަދި އެކަމުގެ ބޭނުމަކީ ދިވެހި ކުދީންނަށް ދެވޭ ތަޢުލީމަކީ ދިވެހިރާއްޖެއަށް ޓަކައި ދެވޭ ތަޢުލީމަކަށް ހެދުން ކަމަށާއި، ދިވެހި ދަރީން ބިނާކުރުމަށް ޓަކައި ދެވޭ ތަޢުލީމަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.