އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ:އާރްޑީސީ
ހަބަރު
17 Dec 2023 | 13:03
އަމީނީ މަގުގެ މަސައްކަތާއި ގުޅިގެން ބަންދު ކުރި ޢިއްޒުއްދީން މަގު ޢާންމުނަށް ހުޅުވައިލައިފި

އަމީނީމަގުގެ މަސައްކަތާއި ގުޅިގެން ބަންދުކުރި ޢިއްޒުއްދީން މަގު ޢާންމުނަށް ހުޅުވައިލައިފިއެވެ.

އަމީނީމަގުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވަލޮޕްމެންޓް ކޮމްޕެނީ އިން ބުނެފައިވަނީ އަމީނީމަގާއި ޢިއްޒުއްދީންމަގު ގުޅޭ ކަންމަތީގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ނިމުމުން، އެމަގު މިހާރުވަނީ އާންމުންނަށް ހުޅުވާލެވިފައިކަމަށެވެ.

އެމަގު ހުޅުވާލި ނަމަވެސް އަމީނީމަގުގައި މިއަދުވެސް ސްޓޯރމް ވޯޓަރ މައި ހޮޅި އެޅުމާއި ސްޓޯރމް ވޯޓަރ އައުޓްފޯލް ހޮޅިއެޅުމުގެ އިތުރުން ނަރުދަމާގެ އޯވަރ ފްލޯގެ މަސައްކަތް އަދި ގޭބިސީތަކަށް ގުޅާލާ ފެންހޮޅިތަކުގެ ޕްރެޝަރ ޓެސްޓް ކުރުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވެސް އާރްޑީސީ އިން ބުނެފައިވެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ނުނިމިހުރި މަސައްކަތުގެ ތެރެއިން ފަހު ސެގްމަންޓުގެ މަސައްކަތްތައް ފަށައިފައިވަނީ މިމަހުގެ 9ވަނަ ދުވަހުއެވެ.

އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަން ނިންމި އަގަށްވުރެ ތިން ގުނަ އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ. އަދި އެއީ 10 މަސްތެރޭ ނިންމުމަށް ކޮންޓްރެކްޓު ކުރެވުނު މަޝްރޫއެވެ.

1.7 ކިލޯމިޓަރު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއާއި އަމީނީމަގުގެ މަސައްކަތް ހަވާލުކުރެވުނު ނަމަވެސް، މުއްދަތަށް އެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.

މިދިޔަ ސަރުކާރުގައި އަމީނީމަގުގެ މަސައްކަތް ފެށި ނަމަވެސް ސަރުކާރުގެ ނިމުމާއި ހަމައަށް އައިރުވެސް އެމަސައްކަތް ނިމިފައެއް ނުވެއެވެ.

އާރުޑީސީން އަމީނީ މަގުގެ ނުނިމި އޮތް ދެ ސެގްމަންޓު 12 އަދި 13 ނިންމުމުގެ މަސައްކަތް ފަށައިފައިވާއިރު ސަރުކާރުން ބުނެފައިވަނީ

ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމާ ލައި ޢާންމުނަށް ހުޅުވައިލާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.