އެފްއޭއެމް ހިންގާ އިމާރާތް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
17 Dec 2023 | 13:57
އެފްއޭއެމްގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ނިންމައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި ބާއްވަން ނިންމައިފިއެވެ.

އެފްއޭއެމުން ބުނީ އެއިދާރާގެ ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި އެ އިދާރާގެ އަސާސީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ އިދާރާގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހުޅުވާލާފައެވެ. އެ އިދާރާގެ އަސާސީ ގަވާއިދުގެ ދަށުން އެފްއޭއެމްގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔެކިޔުންތައް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެ ހުށަހަޅާ ލިޔެކިޔުންތައް ސިޓީ އުރައަކަށްލައި، ސީލް ކުރެވިފައި ހުންނަން ވާނެ ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

މިހާރު އެފްއޭއެމް ގެ ރައީސް ގެ މަގާމުގައި ހުރި ބައްސާމް ޖަލީލް މި މަގާމަށް އައްޔަނު ކުރެވުނީ 2016 ވަނަ އަހަރު މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ވާދަކޮށް ކުރިހޯއްދަވައިގެންނެވެ. މިއީ އޭނަ އެފްއޭއެމްގެ ރައީސް ކަމުގައި ހުންނަވާތާ ދެވަނަ ދައުރެވެ.

ބައްސާމަށް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުކެއް ކޮށްފައެވެ. މިގޮތުން  އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އެނގޭ ސާފު ހެކި ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން އެބަހުރި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށްވަނީ ވަދެ އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި، ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއް ގެންގޮސްފަ އެވެ.

ދާދި ފަހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ  އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ ބައްސާމް އަދީލް ޖަލީލާއި އެއިދާރާގެ އެހެން ވެރިންނަށްވެސް ދައުވާ ކުރެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އެފްއޭއެމް އިން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ އެފްއޭއެމަށް ލިބިފައިވާ އެއްވެސް ފައިސާއަކަށް އެއިދާރާއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި، މިއީ ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ގޮތުން ބަޔަކު ކޮށްގެން އުޅޭކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.