އެފްއޭއެމްގެ ރައީސް
ކުޅިވަރު
17 Dec 2023 | 15:40
ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ބައްސާމު ވާދަނުކުރަން ނިންމައިފި

އަންނަ މަހު އޮންނަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފިއެވެ.

އެފްއޭއެމްގެ މީޑިއާ ގުރޫޕަށް މިއަދު ފޮނުވި ނޫސް ބަޔާނެއްގައި ބައްސާމު ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަން ގައި އެކިއެކި ހައިސިއްޔަތުން އެތައް ކާމިޔާބީއަކާއި އަދި ކުޅިވަރު ކަންކަން ހިނގާ ބީދައިން އެތައް ނާކާމިޔާބިއަކާއި އޭނާގެ ޓީމުން ކުރިމަތިލާފައިވާކަމަށެވެ.

އެގޮތުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރަހައްދީ މުބާރާތްތަކުން ސީނިއަރ އަދި ޖޫނިއަރ ޓީމުތަކުން ނުހަނު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައި ކަމަށާއި ފުޓްބޯޅައަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށްޓަކައި އެތަކެއް މަސައްކަތެއް ކުރެވިފައިވީ ނަމަވެސް އަދިވެސް ކުރަންހުރި މަސައްކަތް އެބަހުރި ކަމަށް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދިވެހި ފުޓްބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އޭނާގެ ވެސް އުންމީދެއް ކަމަށާއި އެކަން ހާސިލްކުރުމަށް ޓަކައި އޭނާ އެތަކެއް މަސައްކަތެއް ކުރައްވާފައިވާކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ފުޓްބޯޅަ އައު ޒައާމަތެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ދެކޭހާލު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމެވީކަމުގައި ބައްސާމް ވިދާޅުވިއެވެ.

މީގެއިތުރުން މިނިވަން އިންސާފްވެރި އިންތިޚާބެއް ބާއްވަން ފުރުސަތު ދިނުމަކީ އޭނާގެ މައްސޫލިއްޔަތެއް ކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

"އެގޮތުން ކުރިއަށް މިއޮތް އިންތިހާބުގެ ކަންކަން އިލެކްޓޯރަލް ކޮމެޓީގެ ބެލުމުގެދަށުން ކުރިއަށް ގެންދެވޭނެ ވާހަކަ މިފުރުސަތުގައި ފާހަގަކުރަން. އަދި އިދާރާ ހިންގުމުގެ ކަންކަން ނައިބް ރައީސް އާއި ޖެނަރަލް ސެކްރެޓަރީގެ ބެލުމުގެ ދަށުން ހިނގަމުންދާނެ"

އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމު އައްޔަނު ކުރެވުނީ 2016 ވަނަ އަހަރު މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ވާދަކުރައްވާ ކުރި ހޯއްދަވައިގެންނެވެ. މިއީ އޭނަ އެފްއޭއެމްގެ ރައީސް ކަމުގައި ހުންނަވާތާ ދެވަނަ ދައުރެވެ.

ބައްސާމަށް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުކެއް ކުރެވިފައެވެ. މިގޮތުން  އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އެނގޭ ސާފު ހެކި ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން އެބަހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށް ވަދެ އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއް ގެންގޮސްފައެވެ.

ދާދި ފަހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ  އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ ބައްސާމް އަދީލް ޖަލީލާއި އެއިދާރާގެ އެހެން ވެރިންނަށް ވެސް ދައުވާ ކުރެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އެފްއޭއެމް އިން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ އެފްއޭއެމަށް ލިބިފައިވާ އެއްވެސް ފައިސާއަކަށް އެއިދާރާއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި މިއީ ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ގޮތުން ބަޔަކު ކޮށްގެން އުޅޭކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.