ރައީސް ޑރ މުޙައްމަދު މުޢިއްޒު މިނިސްޓަރުންގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ. ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Dec 2023 | 17:04
ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފި!

ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައިފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައިި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބެވެ.

ޝަޙީބު ވިދާޅުވީ ޙައްޖަށް ގެންދިޔުމަށް ގިނަ ޢަދަދެއްގެ ބަޔަކު ނަން ނޯޓްކޮށް ފައި އޮތް އޮތުމަށް ރިޢާޔަތް ކޮށް ޙައްޖުވެރިންގެ އިންތިިޒާރު ދިގުލައިގެން ނުދިޔުމަށާއި ޚިދްމަތުގެ އިތުބާރު ބޮޑުކުރުމަށް، ދިވެހި ރާޢްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

“އާދެ އެނގި ވަޑައިގަންނަވާނެ ރާއްޖެއަށް ކޮންމެ އަހަރަކުވެސް މިލިބެނީ 1000 ކޯޓާ، އެހެންވީމަ މިޢަދަދު އެއްކޮށް ދެއްވާގޮތަށް މިހާރު މިވަނީ ނިންމަވާފަ. މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށް މަޝްވަރާ ކުރެވިގެން ދިޔަ” 

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު

ޝަހީބު އިތުރަށް ވިދާޅުވީ ޙައްޖު ކޯޓާގެ ލުއިފަސޭހަ ކަމުގެ ވަޢުދަކީ 31 އޮގަސްޓުގައި ޅ ނައިފަރުގައި ބޭއްވުނު ކެމްޕޭނު ޖަލްސާގައި ރައީސް ޑރ މުޙައްމަދު ވެ ވަޑައިގެންނެވި ވަޢުދެއް ކަމަށްްވެސް ޝަހީބު ވިދާޅުވިއެވެ.

މޯލްޑީވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓުކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމަށް މަގުފަހި ކުރުމަކީ ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވައިފައިވާ ކަމަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.