ޕަކިސްތާނުގެ ޖައްވު ނުސާފުވެފައިވާ ސަރަހައްދުގައި މީހަކު މަސައްކަތުގައި. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
17 Dec 2023 | 21:50
ޕާކިސްތާނުގެ ނުސާފުވެފައިވާ ޖައްވު ސާފުކުރުމަށް މަސްނުޢީ ވާރޭ ވެއްސައިފި

ނުރައްކާވާ މިންވަރަށް ޖައްވު ނުސާފުވުމުން ޖައްވު ސާފު ކުރުމަށް ޕާކިސްތާނުގެ ބައެއް ސަރަހައްދުތަަކަށް މަސްނުޢީ ވާރޭ ވެއްސައިފިއެވެ.

ޕާކިސްތާނުގެ އެންމެ ބައިބޯ ސަރަހައްދު ކަމަށްވާ ލާހޯރްގައި ޖައްވު ނުސާފުވެ ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯދުމަށް ޕާކިސްތާން
ސަރުކާރުން އެޅި މި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ކަމާއި ބެހޭ މާހިރުން ވަނީ ބުނެފައެވެ.

ލާހޯރުގެ ވައި ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކާއި ސްކޫލް ކޮލެޖްތައް ވަނީ ބަންދުކުރަން ޖެހިފައެވެ.

ޕާކިސްތާނުގެ ޖައްވު ނުސާފުވެ ދިމާވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދެނީ ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އިންނެވެ.

ޖޯގްރަފީ ގޮތުން ޔޫއޭއީ އުފެދިފައި އޮންނަ ގޮތުން ޖައްވުގެ ވައި ނުސާފުވުމުގެ އުނދަގޫ އެޤައުމުން ދޭތެރެ ދޭތެރެއިން އުފުލަން ޖެހެއެވެ.

މިފަދަ ޙާލަތްތަކުގައި ޔޫއޭއީއިން އެކި ޒާތުގެ ކެމިކަލް ބޭނުން ކޮށްގެން މަސްނުޢީ ވާރޭ ވެއްސައެވެ.

މިކަމަކީ އެކަމުގެ ސަބަބުން ޢާންމުންގެ ސިއްހަތަށް އެކަމުގެ ގެއްލުމެއް ވާނެ ފަދަ ކަމެއް ނޫން ކަމަށާއި ދުނިޔޭގެ ކުރިއަރަފައިވާ ބޮޑެތި ޤައުމުތަކުން ވެސް މި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މަސްނުޢީ ވާރޭ ވެއްސާ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.