ޕެރާ ސްޕޯޓްސް ކްލަބްގެ އެތުލީޓުންތަކެއް-- ފޮޓޯ: ޕަރަ ސްޕޯޓްސް ކްލަބް
ހަބަރު
17 Dec 2023 | 22:29
ރަން މެޑަލްގެ އަމާޒާއެކު އައިއޯއައިޖީ 2027ގައި ބައިވެރިވުމަށް ހުޅުވާލައިފި

ޕެރާ ސްޕޯޓްސް ކްލަބުން އައިއޯއައިޖީ 2027ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކުރިއަށް އޮތް އައިއޯއައިޖީގައި ބައިވެރިވާން ބޭނުންވާ އެތުލީޓުންނަށް ޕެރާ ސްޕޯޓްސް ކްލަބުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހުށަހެޅޭނެކަމަށް އެ ކުލަބުން ބުނެއެވެ.

އެ ކުލަބުގެ އަމާޒަކީ ކުރިއަށް އޮތް އައިއޯއައިޖީގައި ރަން މެޑްލް ހޯދުމެވެ.

2019 ވަނަ އަހަރު ރަޖިސްޓްރީކޮށް އުފެއްދި ޕެރާ ސްޕޯޓްސް ކުލަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދޭ ކުލަބެކެވެ. އަދި އެތްލެޓިކްސްގައި އެތުލީޓުން ބައިވެރިވުމަށް ހިތްވަރުދޭ ކުލަބެކެވެ.

މީގެކުރިންވެސް އެ ކުލަބްގެ އެތުލީޓުންވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވެ ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން އައިއޯއައިޖީ 2019ގައި ފިރިހެން ބްލައިންޑް ކެޓަގަރީން ބްރޯންޒް މެޑަލް، އައިއޯއައިޖީ 2023 ގައި ފިރިހެން އަދި އަންހެން ބްލައިންޑް ކެޓަގަރީން 2 ބްރޯންޒް މެޑަލް ހޯދާފައިވާއިރު ޕެރަލިމްޕިކް 2020 ޓޯކިޔޯގައި ވެސް އެ ކުލަބުގެ އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.