މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ/މަޖިލިސް
ހަބަރު
18 Dec 2023 | 09:41
މިނިސްޓަރުންނަށް ރުހުން ދިނުމާއި ގުޅޭ ރިޕޯޓް ފުރިހަމަ ނުވާތީ، މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން، މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ފުރިހަމަ ނުވާ ކަންކަން ހުރި ކަމަށް ބުނުމުން، އެކަމާއި ގުޅޭގޮތުން، މަޝްވަރާ ކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ މިނިސްޓަރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމުގެ މައްސަލަ ކަން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވުމާއި އެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވަނީ ނިޒާމީ ނުކުތާ ނަންގަވައި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. 

މި ރިޕޯޓް (ރުހުން ދިނުމާއި ގުޅޭ ރިޕޯޓް) އެޖެންޑާގައި ހިމެނިފައި މިއޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ވ، ރ، ކ އަދި އ ގައި ބަޔާންކޮށްފައިވާ ހަމަތަކާއި ޚިލާފަށް ނުވަތަ އެ މާއްދާތަކުގައި ހުރި ކަންކަން ފުރިހަމަ ނުވާ ރިޕޯޓެއް ވީމާ އެއީ މިއަދު ވޯޓަށް އެހޭނެ ރިޕޯޓެއް ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭ. 

ހިސާން ޙުސައިން 

ހިސާން ޙުސައިން 

މިކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން ހިސާން ވިދާޅުވީ، ސަރުކާރުން އުފައްދަވާ މިނިސްޓްރީ ތަކާއި ކުންފުނި ތަކުގެ މެންޑޭޓަކީ މަޖިލީހުން ދިރާސާކޮށް ފާސް ކުރަންޖެހޭ ކަންކަން ކަމަށާ، އަދި މިހާތަނަށްވެސް ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓް މަޖިލީހަށް ހުށަހެޅި ފާސްކޮށްފައި ނުވާ ކަމަށެވެ. 

އަދި މިނިސްޓަރުންނަށް ރުހުން ދިނުމުގައި، އެ މިނިސްޓަރުންގެ މިނިސްޓްރީގެ މެންޑޭޓް ތަކަށް ބަލަންޖެހޭއިރު، މެންޑޭޓް ފާސް ނުކުރާ މިނިސްޓްރީ ތަކެއްގެ މިނިސްޓަރުންނަށް ރުހުން ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރުހުން މި ދެނީ އެ ބޭފުޅުން (މިނިސްޓަރުން) ކޮން މަސްޢޫލިއްޔަތު ތަކެއް އަދާ ކުރުމަށް ނުވަތަ ނުކުރުމުގެ ގާބިލިއްޔަތުކަން ހުރެގެން ނުވަތަ ނެތީގެންކަން ރިޕޯޓުން ސާފު ނުވާތީ. އަދި ކޮމިޓީއަށް އެ މަރުހަލާގައި ރިޕޯޓް ފޮނުވާފައި ނެތީމާ، އެއީ ދިރާސާ ކުރެވޭނެ ކަމެއް ވެސް ނޫން

ހިސާން ޙުސައިން 

މީގެ އިތުރުން، މަޖިލީހުން ރުހުންދޭ ކޮމިޓީ ރިޕޯޓު ގައި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް، ނުވަތަ ނުދިނުމަށް ބަޔާން ކޮށްފައިވާން ޖެހޭއިރު، އެ ރިޕޯޓްގައި އެފަދައިން ބަޔާންކޮށްފައި ނެތް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. 

ހިސާންގެ ނިޒާމީ ނުކުތާ ބަލައިގަނެ، އަސްލަމް ވަނީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރެއްވުމަށްފަހު އެކަމާއި ގުޅޭގޮތުން ކުރިއަށް ދާނެ ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެ، މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެދުކަނޑާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.