އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
18 Dec 2023 | 14:30
މިނިސްޓްރީގެ ރަސްމީ ޓުވީޓެއް ޑިލީޓްކުރި ސަބަބު ތަޙްޤީޤްކުރަން އަންގައިފިން: ސަޢީދު

އިކޮނޮމިކް މިނިސްޓްރީގެ  ފޮރިން ލޭބަރ ސްޓެސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓެއް ފުހެލާފައިވާ ސަބަބު ތަޙްޤީޤްކުރަން އަންގާފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ޓްވީޓެއް ޑިލީޓްކުރުމާއިގުޅޭ ގޮތުން ފާޑުކިޔުން އަމާޒުވެފައިވާތީ އެކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.

"އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓްވީޓެއް އަޅުގަނޑު އަންގައިގެން ޑިލީޓްކޮށްފައެއް ނުވާނެ. އެކަންކުރި ސަބަބު ތަޙްޤީޤްކުރަން މިހާރުވާނީ އަންގާފައި."

މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓްރީން މި އަހަރު ނެރުނު ފޮރިން ލޭބަރ ސްޓެސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓު ޑިލީޓު ކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދާ ހިލާފަށް ބަންގްލަދޭޝް އިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް އިއްޔެ ނިންމާފައި އޮއްވަ އެވެ. 

އެ ރިޕޯޓުގައި ވާގޮތުން، ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް 139،220 ބަންގްލަދޭޝް މީހުން ރާއްޖޭގައި މަސައްކަތް ކުރަމުން އެބަދެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ކުރިން އެ މައުލޫމާތު ފެނުނުނަމަވެސް ސަރުކާރުން މިހާރު ވަނީ ހުރިހާ ރެކޯޑެއް ޑިލީޓްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.