ފުށިދިއްގަރުފަޅު ހިއްކުން އިފްތިތާހުކުރުމުގެ މަޝްރޫއުގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
18 Dec 2023 | 17:28
ރަސްމާލެ ތަރައްގީކުރާނީ މޯލްޑިވްސް އެކޯ ސިޓީގެ ގޮތުގައި: ރައީސް

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ ސިޓީ" ތަރައްގީކުރާނީ ތިމާވެއްޓާއި ރައްޓެހި އެކޯ ސިޓީގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ ރަސްމިއްޔާތު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި، އެ މަޝްރޫއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރުމަށް ނިންމާފައިވާ ރަސްމާލެ ސިޓީ ހިއްކަން ނިންމާފައިވަނީ ސޭފް އައިލެންޑެއްގެ ހުންނަ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ. އަދި އެ ރަށަކީ ފެހިކަން ގަދަ މާހައުލެއްގެ ގޮތުގައި ބިނާކުރައްވަން ގަސްދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެ އަކީ "ޒީރޯ ކާބަން ސިޓީއަކަށް" ހައްދަވާނެ ކަމަށެވެ.

އެ ރަށުގައި ދުއްވާ އުޅަނދު ފަހަރަކީ ވެސް ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް ހައްދަވާނެ ކަމަށާއި، އެ ރަށުގައި ގާއިމްކުރާ ހުރިހާ ފެސެލިޓީއެއްގައި ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތަކަމުގައި ކަނޑައަޅާ، އެގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވި އެވެ. 

ރަސްމާލެ ވެގެންދާނީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރާ އެކޯ ސިޓީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވި އެވެ.

"ފެހިކަން ގަދަ ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް މިތަން ވެގެންދާނީ. އަޅުގަނޑުމެން ގަސްދުކުރަނީ މިތާގައި ގާއިމްވެގެންދާ ސިޓިއަކީ ޒީރޯ ކާބަން ސިޓީއަކަށް ހެދުން...މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީސްއެއް ގެދޮރާއި ހުރިހާ ކަމެއްގައި ރިނިއުބަލް އެނާޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މުޅިތަން އަޅުގަނޑުމެން ހިންގާނީ. ފެހި އެންވަޔަރުމެންޓަލް ފްރެންޑްލީ އެކޯ ސިޓީއަކަށް މިތަން ހަދާނަން"

ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އިތުރަށް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއުއަށް ކަމަށެވެ. 

އެގޮތުން އެ މަޝްރޫއުގެ ދަށުން 8 މަސްތެރޭ 1150 ހެކްޓަރުގެ ބިން ހިއްކާ ނިންމާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއް އެއްކޮށްލީމާ ވާ ވަރަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި އެވެ. 

ރަސްމާލެ ތަރައްގީކުރާއިރު، ގުޅިފަޅާއި، ގިރާވަރު ފަޅުގެ މަސައްކަތްތައް ވެސް ހުއްޓާނުލާ ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ. 

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫއުތައް ނިންމާ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ފެށުމުން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.