ފުށިދިއްގަރުފަޅު ހިއްކުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
18 Dec 2023 | 17:32
ގުޅިފަޅުން 85 ހެކްޓަރު، ގިރާވަރުފަޅުން 50 ހެކްޓަރު އިތުރަށް ހިއްކަން ނިންމައިފި

މިހާރު ފަށާފައިވާ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަށް ބަދަލުތަކަށް ގެނެސް އިތުރަށް ބިން ހިއްކަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ. 

އެމަނިކުފާނު މިފަދައިން އިއުލާނު ކުރައްވާފައި ވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެމަނިކުފާނު ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. 

ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދަށް ކަމަށާއި، މީ ޒަމާންތަކެއް ވަންދެން ޙައްލު ނުލިބި އޮތް މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

މި ސަރުކާރުން އިއުލާނުކުރި ފުށިދިއްގަރުފަޅު މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް ފަށާ މަޝްރޫއެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަޝްރޫއު ކުރިއަށްދާއިރު، މިހާރު ފަށާފައިވާ ގުޅިފަޅު މަޝްރޫއާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އޭގެ އިތުރުން ސަރުކާރުގެ އަމާޒަކީ ކުރީ ސަރުކާރުން އެ ފަޅުތަކުން ހިއްކުމަށް ނިންމާފައިވާ ސަރަހައްދަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ވީހާވެސް ގިނަ ރައްޔިތުންނަށް އެ ތަންތަނުން ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. 

"ގްރޭޓާ މާލެ މި ސަރަހައްދަކީ ވެސް ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން އެދިއެދިތިބި މި ބޮޑު މައްސަލައަށް (ބޯހިޔާވހިކަމުގެ މައްސަލައަށް) ހައްލު ގެނެސްދެވޭނެ ވަރުގެ ތަރައްގީގެ މަޝްރޫއެއް ހިންގަދޭނެ ވަރުގެ ސަރަހައްދަކަށް ހަދައިދޭނެކަމުގެ ވައުދު އަޅުގަނޑުވިން. އެ ވައުދުގެ ދަށުން ފެށޭ އެންމެ މުހިންމު މަޝްރޫއު (ފުށިދިއްގަރުފަޅު ހިއްކުން) މިއަދު މި ފެށެނީ. މިއާ އެކީގައި ވެސް އަޅުގަނޑުމެންގެ ޕްލޭނުގައި އޮންނާނެ ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫއު ވެސް އެޔެއް ނޫނޭ އަޅުގަނޑުމެންގެ ޕްލޭނުގައި އޮތް މިންވަރަކީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގުޅިފަޅުވެސް މިހާރު އެ ހިއްކަމުންދާ މިންވަރަށްވުރެ މާ ބޮޑުތަކުން ހިއްކަން ނިންމާފައިވާނީ...85 ހެކްޓަރުގެ ބިން އިތުރުވެގެންދާނެ. ހަމައެއާއެކީގައި ގިރާވަރު ފަޅުގައިވެސް މިހާރު އެ ކުރިއަށްދާ މިންވަރަށްވުރެ މާބޮޑުތަނުން އިތުރުކުރެވި އިތުރު 50 ހެކްޓަރު ގިރާވަރުފަޅުން ވެސް އަޅުގަނޑުމެން ހިއްކާނަން"

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމާއި ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޓަގްރޭޓެޑް ޒޯނުތަކެއް ތައާރަފްކުރެވި 7 ސަރަހައްދެއްގައި އާބަން ސެންޓަރުތަކެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިއިން ކޮންމެ ސެންޓަރެއް ވެސް ވެގެންދާނީ، އެތަނުގައި ދިރިއުޅޭ މީހުންނާއި، އެތަނަށް ހިޖުރަކުރާ މީހުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ބޯހިޔާވަހިކަމެއް ލިބެން ހުންނަ ތަންތަނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ވަޒީފާއާއި، ދިރިއުޅުމަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ވެސް އެ ތަންތަނުން ލިބެން ހުންނާނެ ކަމަށާއި، މި އުސޫލުގެ ތެރެއިން ތަންތަން ބިނާވެގެން ދިއުމުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.