ފައިލޭރިއާ ޖެހިފައިވާ މީހެއް-- ފޮޓޯ: ދި އެންޑް ފަންޑް
ހަބަރު
18 Dec 2023 | 20:08
ރާއްޖޭގެ އެހެން ރަށްތަކުންވެސް ފައިލޭރިއާ އަށް ޓެސްޓުކުރަނީ

ރާއްޖޭގެ އެހެން ރަށްތަކުން ވެސް ފައިލޭރިއާ އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

އެއިދާރާއިން މިފަދައިން ނިންމީ ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 19 މީހެއްގެ ގައިން ފައިލޭރިއާ ފެނުމާއި ގުޅިގެންނެވެ.

ފައިލޭރިއާ އަށް ޕޮސިޓިވް ވެފައިވާ ފަރާތްތަކެއް ފެނުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ވަނީ މި ބަލި ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މިހާތަނަށް ސްކޭން ކުރި 295 ބިދޭސީންގެ އިތުރުންވެސް އިތުރު ފަރާތްތަށް ސްކްރީން ކުރުމެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ވެސް ރެންޑަމް ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ޓެސްޓް ކުރުމުގެ އިތުރުން، އެ އިދާރާއިން ވަނީ ފައިލޭރިއާއާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމައިފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށި ހޮސްޕިޓަލުގެ ޓާސްކް ފޯސްއަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމުގެ އިތުރުން ބައްޔާ ބެހޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް މާލެ ސަރަހައްދުގެ އަދި އަތޮޅު ހޮސްޕިޓަލުތަކުގައި ސިއްހީ ހިދުމަތްތެރިންނަށް މައުލޫމާތު ދިނުމާއި، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއްގައި މި ބައްޔާއި ބެހޭ ގޮތުން މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ބިދޭސީންގެ މެދުގައި ބައްޔާއި ބެހޭގޮތުން ހޭލުންތެރި ކުރުމަށް ބިދޭސީންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެ ފަރާތްތަކަށް އެނގޭ ފަދަ ބަހަކުން ޕޯސްޓަރު، ވީޑިއޯ އަދި ފޮޓޯ ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. އަދި ފައިލޭރިއާއާ ގުޅުންހުރި ގައިޑްލައިނެއް ތައްޔާރުކޮށް، ސާވައިލެންސް އާއި ރިޕޯޓިން އިތުރަށް ހަރުދަނާ ކުރަންވެސް އެއިދާރާއިން ވަނީ ނިންމާފައެވެ.

ފައިލޭރިއާ އަކީ އާއްމުކޮށް ހަޑި ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ ބައްޔެކެވެ. މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ. އަދި ބަލިޖެހޭތާ ގިނަ ދުވަސްތަކަކަށްފަހު ހުންއައުމާއި ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ބަލިމީހާގެ ކިބައިން ފެނެއެވެ.

ފައިލޭރިއާ އަކީ ރާއްޖޭން މީގެ ކުރިން ނައްތާލެވިފައިވާ ބައްޔެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.