އާޒިމާ ޝަކޫރު-- ފޮޓޯ: ވޮއިސް
ހަބަރު
18 Dec 2023 | 22:58
ކައިވެނި ނުކޮށް ތިބި ޒުވާނުންނަށް ދިރިއުޅެވޭނެ އެކޮމޮޑޭޝަނެއް އުފައްދަންޖެހޭ: އާޒިމާ

ވަޒީފާ އަދާކުރަން ބޭނުންވާ އަދި މިހާތަނަށް ކައިވެނި ނުކޮށް ތިބި ޒުވާނުންނަށް އެކަނި ދިރިއުޅެވޭނެ ފަދަ ގޮތެއް ހޯދައިދޭން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިފަދައިން ވިދާޅުވީ ސަންގު ޓީވީން މިރޭ ބޭއްވި މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ބަހުސްގައި ގެދޮރުވެރި ކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"ވަޒީފާ އަދާކުރަން ބޭނުންވާ އަދި ކައިވެނި ނުކޮށް ތިބި ޒުވާނުންނަށް ދިރއުޅެވޭ ފެންވަރުގެ ސިންގަލް ޔޫތު އެކޮމޮޑޭޝަން ފެސިލިޓީސް އަކީ މިހާރު ކްރިއޭޓް ކުރަން ޖެހޭ އެއްޗެއް."

އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އާޒިމާ ވިދާޅުވީ އަތޮޅުތަކުން މާލެއަށް ވަޒީފާ އަދާކުރުމަށް އައިސް ތިބޭ ގިނަ ޒުވާނުންނަކީ މި ކެޓަގަރީގައި ހިމެނޭ ބައެއް ކަމަށާއި މި ޒުވާނުންނަށް ހެޔޮ އަގެއްގައި ވަޒީފާ އަދާކުރެވޭނެ ގޮތެއް ހަމަޖައްސައިދޭން ޖެހޭކަމަށެވެ.

ރާއްޖޭގެ ތައުލީމީ މައި މަރުކަޒަކީ މާލެކަން ފާހަކުރައްވައި މާލޭސިޓީ ކައުންސިލް އިންތިހާބުގައި ވޯޓު ނުދިނަސް މާލެއަށް ކިޔެވުމަށް އައިސް ތިބި ކުދިންނަށް ވެސް ރައްކާތެރި އެކޮމޮޑޭޝަނެއް ފޯރުކޮށްދިނުމާ މެދު ވިސްނަން ޖެހޭކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ ހަމައެކަނި ގެދޮރު ވެރިކަމަށް ޓަކައި ޒުވާނުން ކައިވެނި ކުރަން ޖެހުމުގެ ބަދަލުގައި އެކި ފެންވަރުގެ ހައުސިން ތައާރަފް ކުރަން ޖެހޭކަމަށެވެ.

ކޮމެންޓް
ޤުދާރު
ފުރަތަމަ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ނެތް އުޅޭނެ ތަނެއް ދެން ކިހިނެއް ތިކަން އަދި ކުރާނީ ކަމަނާ. އަޅެ ނިކަން ސިކުޑިން ވިސްނާބަލަ
19 Dec 2023
ށަކޫރު
ޢެކަމޮޑެޝަން އޮފް ޒިނާ އެހެންނު އާޒިމާ ސުކޫރު
19 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.