އައިޝަތު އާޒިމާ ޝަކޫރު-- ފޮޓޯ: ވޮއިސް
ހަބަރު
18 Dec 2023 | 23:19
ކޮންމެ ސަރުކާރަކާއެކު ބަދަލުނުވާ ނޭޝަނަލް ޕްލޭނެއް އޮންނަން ޖެހޭ: އާޒިމާ

ވެރިކަމާއި ހަވާލުވާ ކޮންމެ ސަރުކާރަކާ އެކު ބަދަލުނުވާ ގައުމީ ޕްލޭނެއް އޮންނަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބައެއް ބޭފުޅުންގެ މެދުގައި މިރޭ ސަންގު ޓީވީގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ ބަދަލުވާ ކޮންމެ ސަރުކާރަކާ އެކު ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމެނޭ މަސައްކަތްތައް ބަދަލުނުވާނެ ގޮތަށް ގައުމީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލަން ޖެހޭކަމަށެވެ.

"ކޮންމެ ސަރުކާރަކާ އެކު ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމެނޭ ޕްލޭންތައް ބަދަލު ނުވާނެ ގޮތަށް ގައުމީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލެވުނީމަ އަޅުގަނޑުމެންނަށް އެ ޕްލޭންތަކާއި އެކުގައި މާލެ މެނޭޖެ ކުރެވޭނެ. އެނޫން ގޮތަކަށް ކަމަށް ވަންޏާ އަޅުގަނޑުމެން އަބަދުވެސް ޖެހޭނީ ޑިމާންޑް ފަހަތުން ދުވާހާ."

އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ގައުމީ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ޖެހޭނީ ފިނޭންސްއާއި ދެތިން އަހަރުގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓަކުން ރިއަލް އެސްޓޭޓް ކުންފުނިތައް މުއްސަދި ވާގޮތަށް ނޫންކަމަށެވެ.

މާލެ ސިޓީގެ ގެދޮރުވެރިކަމަށް އޮތް ޑިމާންޑް ގައުމީ ލެވެލެއްގައި ހައްލު ކުރަން ޖެހޭކަމަށް ވެސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.