ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން (ރިޓަޔާޑް) އަލީ އިޙްސާން. ފޮޓޯ: ދެން
ހަބަރު
19 Dec 2023 | 10:47
ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ލައްކައަކަށް ނާރާ،: މިނިސްޓަރ އިޙްސާން

ރާއްޖޭގައި މިވަގުތު ތިބި ބަންގްލަދޭޝްގެ މަސައްކަތު މީހުންގެ އަދަދު ލައްކަ އަކަށް ނާރާ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާގެ ވަޒީރު ކެޕްޓަން (ރިޓަޔާޑް) ޢަލީ އިޙްސާން ވިދާޅުވެއްޖެއެެވެ.

ރޭ އެވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްސާން ވިދާޅުވީ މިހާރު ރާއްޖޭގައި ތިބި ބަންގްލާދޭޝް މީހުންގެ ޢަދަދަކީ 90624 ކަމަށެވެ.

އެހެން ކަމުން، އެއީ ރާއްޖެއަށް ބޭރު މަސައްކަތުމީހުން ގެނައުމަށް ކަނޑައެޅިފައިވާ ޤަވާއިދާއި ޚިލާފު ޢަދަދު، އެއްލައްކަ އަށްވުރެ މަދު އަދަދަކަށް ވުމުން، އިތުރަށް އެގައުމުން މީހުން ގެނައުމަކީ ޤާނޫނާއި ޚިލާފުވުން ކަމަށް ނުބުނެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

"ލީގަލްކޮށްވިއަސް އިލީގަލްކޮށްވިއަސް ރާއްޖޭގައި ތިބި ޖުމްލަ ޢަދަދަކީ 90624 ބަންގްލަދޭޝަން މީހުން. އެއީ ޤާނުނު ބުނާ އަދަދަށްވުރެ މަދު އަދަދެއް. އެހެންވީމަ މިހާރު ދީފައިވާ ހުއްދައަށް އަދި ޤާނޫނަށް ފުށުނާރާ."

ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާގެ ވަޒީރު ކެޕްޓަން (ރިޓަޔާޑް) ޢަލީ އިޙްސާން

އިޙްސާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރެއިން ބައްދަލުކުރެވުނު ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރި ފަށަން ބޭނުންވެފައި ތިބި މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ބަންގްލަޑެޝްގް އަންސްކިލްޑް މީހުން ނުގެނެވުން ވެފައި އޮތް ކަމަށެވެ.

އަދި އެމައްސަލައަށް ހައްލު ހޯދައިދިނުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަަމަށް ހުވާ ކުރެއްވެވި ދުވަހު އިރުޝާދު ދެއްވި ކަމަށް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތު މީހުން ގެނައުމުގެ ހުއްދަ ދިނީ ބަލަންޖެހޭ ޤާނޫނީ އިޖުރާޢަތްތައް ބަލައި، ދޫކުރެވިފައިވާ ވަރކްޕާމިޓްގެ ޢަދަދުތަކަކަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.

ބަންގްލަދޭޝްއިން މީހުން ގެނައުމަށް ހުޅުވައިލީ މިހާތަނަށް ރާއްޖެއަށް މަސައްކަތު މީހުން އެންމެ ގިނައިން ގެނެވިފައިވަނީ އެޤައުމުން ކަމަށް ވާތީ ކަމަށާއި، އެހެން ޤައުމު ތަކުންވެސް މީހުން ގެނައުމަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުޅުވައިލާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޤާނުނަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެއް ޤައުމަކުން އެންމެ ގިނަވަގެން އެތެރޭވެވޭނީ 1 ލައްކަ މީހުންނެވެ. އެ ޢަދަދު ހަމަވެފައިވާ ކަމަށްބުނެ ބަންގްލަދޭޝްގެ ރައްޔިތުން ވަޒީފާގެ ބޭނުމުގައި ރާއްޖެ އެތެރެވުން އޭރު އޮތީ މަނާކޮށްފައެވެ.

އެހެން ނަމަވެސް، ރާއްޖެއަށް އަލުން ބަންގްލަދޭޝްގެ، އަންސްކިލްޑް ލޭބަރުން ގެނައުމުގެ ހުއްދަ ދޭން ނިންމައި އެހެން ޤައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނައުން މަޑުޖައްސާލުމަށް އާދިއްތަ ދުވަހު ދުވަހު ހޯމް މިނިސްޓްރީން ވަނީ ޢިއުލާން ކޮށްފައެވެ. އެކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރަށް އަދި މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.