ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ކެޕްޓަން (ރިޓަޔާޑް) ޢަލީ އިޙްސާން. ފޮޓޯ: ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާ
ހަބަރު
19 Dec 2023 | 12:18
އިކޮނޮމިކް މިނިސްޓްރީގެ ސައިޓްގައި އޮތީ ރާއްޖެގައި ބަންގްލަދޭޝް މީހުން ތިބި ޢަދަދެއް ނޫން: ވަޒީރު އިޙްސާން

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި އޮތީ ރާއްޖޭގައި ބަންގްލަދޭޝް މީހުން ތިބި ޢަދަދު ނޫން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ކެޕްޓަން (ރިޓަޔާޑް) ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރޭ އެވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ޤާނޫނާއި ޚިލާފްކަމަށް ވިދާޅުވާ ބޭފުޅުން ފާހަގަ ކުރައްވާ ޢަދަދަކީ ދިވެހިރާއްޖޭގެ ވަރކްޕާމިޓް ދޫކުުރުމަށް ގެންގުޅޭ ސިސްޓަމް އަދި އިކޮނޮމިކް ޑިވަލޮޕްމެންޓް މިނިސްޓްރީ އިން ރިޕޯޓް ކޮށްފައިވާ ޢަދަދަކީ ރާއްޖެއިން އެކްޓިވް ވަރކްޕާމިޓް ދޫކޮށްފައިވާ އަދަދު ކަމަށެވެ.

“އެކަނޑައެޅޭ ވަކިވަގުތެއްގައި ވަރކްޕާމިޓްސެ ގެ ގޮތުގައި އެކްޓިވްކޮށް އިޝޫ ކޮށްފައިހުރި ޢަދަދުތަކޭ މިޢަދަދު ތަކަކީ، އެހެންވީމަ މީ އެއްވެސް ޙާލެއްގައި މީހުން ތިބި ޢަދަދެއް ނޫން، އެކްޓިވް ވަރކް ޕާމިޓަކީ ވަޒީފާއަކަށް މީހަކު އަންނަން ދެވޭ ހުއްދަ، އެހުއްދަ ވަޒީފާ ދޭ ފަރާތުން ބާތިލް ނުކުރާހާ ހިނދަކު މި އިންނަނީ އެކްޓިވް ވަރކްޕާމިޓެއްގެ ގޮތުގައި ސިސްޓަމްގަ” 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ކެޕްޓަން (ރިޓަޔާޑް) ޢަލީ އިޙްސާން 

އިޙްސާން ވިދާޅުވީ ބަންގްލަދޭޝްގެ ވަރކްޕާމިޓް ތަކުގެ ތެރެއިން ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ޤަވާއިދުން ފައިސާ ދައްކާފައިވާ ވަރކްޕާމިޓްގެ ޢަދަދަކީ އެމަނިކުފާނު ވިދާޅުވި ޢަދަދުގެ 50 ޕަސެންޓު ކަމަށެވެ.

ހަމަމިއާއި އެކު ޤަވާއިދުން ފައިސާ ދައްކަނީ 36 ޕަސެންޓް މީހުން ކަމަށާއި ބާކީ ތިބި މީހުން ފައިސާ ނުދައްކަނީ ކީއްވެތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ އޭގެ ތެރެއިން ގިނަ މީހުންނަކީ މިހާރުވެސް ރާއްޖެއިން ފުރައިގެން ގޮސް ތިބި މީހުންނަށް ވުން ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ޢިހްސާން ވިދާޅުވީ ޢަދަދު ސީދާ ދިމާކުރުމަށް އެބެފުޅުން މިއޮފީހާއި ހަވާލުވި ދުވަހުން ފެެށިގެން ޚާއްސަ މަސައްކަތް ތަކެއް ކޮށްފައި ވާނެ ކަމަށެވެ.

“މިމަސައްކަތް ތައް ރާއްޖޭގެ ހުރިހާ ދިމާލެއްގަ ކުރަމުން، އަޅުގަނޑުމެން ޓާގެޓް ކޮށްފަ އޮންނާނީ ކުރިއަށް އޮތް އެއްހަރުދުވަސްތެރޭ ސީދާ ފިންގަރޕްރިންޓާ ދިމާވާވަރަށް ރާއްޖެގައި ތިބި ބިދޭސީންގެ ޢަދަދާއި، އެއީ ކޮން ބައެއް ކަމާއި، ހުރިހާ އެއްޗެއް އަޅުގަނޑުމެން ކްލެރިފައި ކޮށްފަ އަޅުގަނޑުމެންގެ އެކްސްޕެޓް ސިސްޓަމުގަ ހުރި ޢަަދަދުތައް ދިމާކުރުން، އެޓާގެޓް މިހާރު އަޅުގަނޑުމެން ވާނީ ކަނޑައަޅައިފައި” 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ކެޕްޓަން (ރިޓަޔާޑް) ޢަލީ އިޙްސާން 

އިޙްސާން ވިދާޅުވީ ރާއްޖޭގެ ރައްޔިތިުންނަށް ދޭން ބޭނުންވާ ޔަޤީން ކަމަކީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމުން ރާއްޖޭގައި މަސައްކަތު މީހުން ތިބި ވަރު އެނގެން އޮތް ކަން ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން މަސައްކަތު މީހުން ގެންނަ ބަންގްލަދޭޝްއިން މީހުން ގެނައުން ހުއްޓާލުމަށް ނިންމީ މިދިޔަ ސަރުކާރުންނެވެ.

އެގޮތައް އޭރުގެ ސަރުކާރުން ނިންމީ، 2020ވަނަ އަހަރު ސެޕްޓެމްބަރު މަހު ޤާނުނަށް ގެނެސްފައިވާ އިސްލާޙުގެ ދަށުން ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެއް ޤައުމަކުން އެންމެ ގިނަވަގެން އެތެރޭވެވޭނީ 1 ލައްކަ މީހުން ކަމަށް ކަނޑައަޅައި އެޢަދަދު ހަމަވުމުން ކަމަށް އޭރު ބުނެފައިވެއެވެ.

މިނިންމުމަށް ބަދަލު ގެނައުމަށް މިސަރުކާރުން ނިންމައި އެހުއްދަ އަލުން ވަނީ ދީފައެވެ. 

މިކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީ އިން ދަނީ ސަރުކާރަށް ފާޑުކިޔުތައް ކުރިމަތިކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.