އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)-- ފޮޓޯ: ސަން
ހަބަރު
19 Dec 2023 | 13:18
އަންމަޓީ ފުރުން މަނާކުރަން އަމުރުކޮށްފި

ސީލައިފް ގްލޯބަލްގެ ވެރިމީހާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ފުރުން މަނާކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

އަންމަޓީގެ މައްޗަށް ވަނީ ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން، އެޑްވާންސަށް އެ ފުލެޓް ގަންނަން ބޭނުންވާ މީހުން އަތުން ފައިސާނަގާ، އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ދައުވާ ކޮށްފައެވެ.އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ވަނީ ކޮށްފައިވީނަމަވެސް މިހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

މިކަމާއި ގުޅިގެން ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ 23:00 އަށް އޭނާ ފުރުން މަނާކުރުމަށް އޮތް "ފުރުން މަނާކުރުމުގެ އަމުރު މުރާޖައާ ކޮށް ނިންމި ގޮތް" އިސްތިއުނާފު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާކަމަށެވެ. އަދި ސަރުކާރުން ހުށައަޅާފައިވަނީ އެ އަމުރު ބާތިލް ކުރުމަށް ކަމަށްވެސް ހައި ކޯޓުގެ އަމުރުގައި ވެއެވެ.

އެހެން ނަމަވެސް އަންމަޓީގެ މައްސަލަ އަކީ ކޯޓުގައި ހިންގަމުންދާ މައްސަލައަކަށް ވެފައި، އޭނާ ފުރައިގެން ގޮސްފިނަމަ ކޯޓުގެ އިސްތިއުނާފީ މައްސަލައިގެ މަގްސަދު ގެއްލިގެން ދާނެތީ މިކަމުގައި އިންސާފު ދެމެހެއްޓުމަށްޓަކައި ކޯޓުން ވަކިގޮތެއް ކަނޑައަޅައި އަންގަންދެން އަންމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމަށް އިމިގްރޭޝަންގެ މައްޗަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

މީގެކުރިން 16 ޖޫން 2021 ގައި ކޯޓުން ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމެންޓްތައް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެން ނަަމަވެސް މި މަހުގެ 7 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މައްސަލަ ބެލުމަށްފަހު ވަނީ އަންމަޓީގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

އެ އަމުރުގެ ރައުޔުގައި ކުރިމިނަލް ކޯޓުން ބުނެފައިވަނީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށް ކޯޓަށް ހުށަހަޅާފައިވާ މެޑިކަލް ރިޕޯޓު ތަކުން އެނގެން އޮންނަ ކަމަށެވެ. އެއީ ސީރިއަސް އޮޕަރޭޝަނަކަށް ވުމާއިއެކު ސްރީލަންކާގައި ދިރިއުޅޭ އޭނާގެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، އޭނާ ފުރުން މަނާކުރަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް