ސަރުކާރުން ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ގައުމީ ސަލާމް ކިޔުއްވަނީ-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
19 Dec 2023 | 14:25
ޤައުމީ ސަލާމް ކިޔުން ހުއްދަ ކަމަށް ބުނެ ފަތުވާ ކޮމިޓީގެ ބަސް ނެރެފި!

ޤައުމީ ސަލާމް ކިޔުމުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ފަތުވާ ކޮމިޓީގެ ބަސް ނެރެފިއެވެ.

މިއަދު ހެނދުނު އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާ 27 ގައި ބުނެފައިވަނީ އެކިއެކި މުނާސަބުތުތަކިގައު ޤައުމީ ސަލާމް ކިޔުމާއި، ދިވެހި ޤައުމީ ދިދައަށް ސަލާމްކުރުމާއި ޤައުމީ ސަލާމް ކިޔާވަގުތު ކޮޅަށްހުރުމާއި، ޤައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމާއި ބެހޭ މައްސަލައާއި މެދު އެކޮމިޓީ އިން ދިރާސާކޮށް މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން އެމަޖިލީހުގެ ދިރާސާގައި އިސްލާމީ ފަތުވާދޭ ބައިނަލްއަޤްވާމީ މަޖިލިސްތަކުގެ ފަތުވާތަކަށް ބެލުމުން އެނގިހާމަވީ، ޤައުމީ ސަލާމް ކިޔުމާއި، ޤައުމީ ސަލާމް ކިޔާވަގުތު ކޮޅަށް ތެދުވެހުރުމާއި، ދިވެހި ޤައުމީ ދިދައަށް ސަލާމްކުރުމާއި، ޤައުމީ ސަލާމް ކިޔާއިރު ޝަރްއީ އަޅުކަމެއް އަދާކުރުމަށް ހަށަމަށް ދެއަތް ބަނދެގެން ހުންނަ ގޮތް ނޫން ގޮތަކަށް މޭމަތީގައި އަތްދަނޑި ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް އަޅުކަމަކާއި ގުޅުމެއް އޮތްކަމަކަށް ނޫން ކަން ކަމަށެވެ.

މިއާއި އެކު މިއީ އާދަކާދަތަކާއި ގުޅިފައިވާ ކަމެއް ކަންވެސް އެފަތުވާގައި ބުނެފައިވެއެވެ. މީގެ އިތުރުން އާދަކާދައިގެ އަޞްްލަކީ ހުއްދަވުން ކަން ކަމަށްވެސް ބުނެފައިވެއެވެ.

އާދަކާދަ އާއި ގުޅޭ ކަމެއް ޙަރާމް ކަމަށް ކަނޑައެޅޭނީ ޞަރީޙަ ދަލީލަކުން ސާބިތުވުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި އެމައްސަލަ ދިރާސާ ކުރުމުން އެނގި ހާމަވީ މިކަން ޙަރާމް ކުރާނެ ޞަރީޙަ ދަލީލެއް ނެތް ކަން ކަމަށްވެސް އެ ފަތުވާގައި ބުނެފައިވެއެވެ.

ޤައުމީ ސަލާމް ކިޔުމާއި، ޤައުމީ ސަލާމަށް މެއަށް އަތް ނެގުން ފަދަ ކަންކަމަކީ ޝިރުކުގެ ތެރެއަށް ވަަންނާނެ ކަމެއް ކަމަށާއި އެފަދަ ކަންކަމީ ހުއްދަ ވެގެންވާނެ ފަދަ ކަންކަން ނޫން ކަމަށް ރާއްޖޭ ދީނީ އިލްމުވެރިއަކު ވިދާޅުވި ވިދާޅުވުމެއް ސޯޝަލް މީޑީއާގައި މިދޭތެރެއިން ޢާންމުވެގެން ދިޔައެވެ.

މިހާރު ފަތުވާ ކޮމިޓީ އިން މިކަން މިވަނީ ޢާންމުނަށް ސާފުވާނެ ހެން ބުނެދެއްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.