އެމްޕީއެލް ކޮމާޝަލް ހާބަރ. ފޮޓޯ:އެމްޕީއެލް
ހަބަރު
19 Dec 2023 | 17:28
އިމްޕޯޓް އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް 429 މިލިއަން ރުފިޔާ ލިބިފައިވޭ

އިމްޕޯޓް އެކްސްޕޯޓު ވިޔަފާރިން މި ފާއިތުވި މަހު ދައުލަތަށް 429 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ނެރެފައިވާ ތަފާސްހިދާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 21 އިންސައްތަ އިތުރު މިންވަރެެކެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު އިމްޕޯޓް އެކްސްޕޯޯޯޯޯޯޯޯޓުގެ ވިޔަފާރިން ދައުލަތައް ލިބިފައިވަނީ 355 މިލިއަން ރުފިޔާއެވެ.

ރާއްޖެއިން މި ނޮވެމްބަރު މަހު އެކްސްޕޯޓް ކޮށްފައިވާ މުދާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ އިތުރުވެފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހު 216 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 165 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވެއެވެ. މިއަހަރުުގެ ނޮވެމްބަރު މަހު އެކްސްޕޯޓްގެ ވިޔަފާރިން 32 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

މިއަހަރުގެ ނޮވެމްބަރު މަހު އެންމެ ގިނަ ޢަދަދަކަށް މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ.

އާމްދަނީލިބުނު މިންވަރާއި އެކްސްޕޯޓް މުދަލުގެ ކުރިއެރުން ލިބިފައި ވީ ނަމަވެސް، މިއަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓު ވަނީ ދޭއް އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރިއިރު، މިއަހަރު އެތެރެކުރީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރީ ޔޫއޭއީއާއި އިންޑިއާއާއި އޮމާނާއި ސިންގަޕޫރު އަދި ޗައިނާއިންނެވެ.

ޔޫއޭއީން 664 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، އިންޑިއާއިން 651 މިލިއަން ރުފިޔާގެ މުދާ، އޮމާނުން 513 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޫރުން 421 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 420 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ބޭރުން މުދާ ހިފައިގެން 131 އުޅަނދު އައިސްފައިވާއިރު، 139 އުޅަނދު ވަނީ މުދާ ހިފައިގެން ރާއްޖެއިން ފުރައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.