ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި ދެބޭފުޅުން/ ފޮޓޯ: ވޮއިސް
ހަބަރު
19 Dec 2023 | 18:32
މުއްދަތު ހަމަވިއިރު ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލީ ޝުޖާއާއި ނަވީން!

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި، އެކަމަށް އެދި ކުރިމަތިލައްވާފައިވަނީ ދެ ބޭފުޅުންކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ހާމަކޮށްފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅުއްވުމުގެ މުއްދަތު މިއަދުގެ މެންދުރު 12 ޖެހުމާ ހަމައަށް ހަމަވެފައިވާއިރު، އެ މަޤާމަށް އެދި ހުށަހަޅުއްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއީލް ނަވީން ކަމަށެވެ. 

އެ ދެބޭފުޅުންގެ ނަން މިހާރު ޕޮލިސް ބޯޑަށް ފޮނުއްވާފައިވާ ކަމަށާއި، އެކަމަށް ގޮތެއް ނިންމަވާނީ ޕޮލިސް ބޯޑުންކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޕޮލިސް ކޮމިޝަނަރަކު އައްޔަންކުރުމުގެ ޕްރޮސެސްއަކީ ވަރަށް ދިގު ޕްރޮސެސްއެއްކަމަށާއި، ވަރަށް ގިނަ ކަންކަން މި މަރުހަލާގެ ތެރޭގައި ބައްލަވާނެ ކަމަށެވެ. 

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ.

ފުލުުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީ ރޭންކުގެ ބޭފުޅެކެވެ.

އެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.