ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް
ހަބަރު
19 Dec 2023 | 22:17
މަޖިލިސް މެންބަރުންގެ މުސާރަ 100،000 ރުފިޔާ އަށް ބޮޑުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރަ އާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭ ގޮތަށް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރުމުގެ ކަންކަން މިއަދު މާލިއްޔަތު ކޮމިޓީގައި ކުރިއަށް ދިޔައިރު، އެންމެ ފުރަތަމަ ހުށަހެޅީ އަސާސީ މުސާރައިގެ ގޮތުގައި 57،000ރ. އާއި ލިވިން އެލަވަންސް ގޮތުގައި 82،000 ރުފިޔާ މެންބަރުންނަށް ކަނޑައެޅުމަށެވެ.

ނަމަވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި އޮފް ދަ ރެކޯޑުގައި ބައެއް މަޝްވަރާއަށް ފަހު އަސާސީ މުސާރަ ވަނީ 55،000ރ. އަށް ބަދަލުކޮށް، މި ބަދަލާ އެކު މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މެންބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައެވެ. އެހެންކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެންބަރެއްގެ މުސާރައިގެ ގޮތުގައި 100،000 ރުފިޔާ ޖެހެއެވެ.

މި ކޮމިޓީން މުސާރަ ބޮޑުކުރަން ފާސްކުރި ގޮތަކީ:

1. ރައީސުލްޖުމްހޫރިއްޔާ 120،000ރ.

2. ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.

3. ވަޒީރުން - 72،000ރ.

4. ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.

5. މަޖިލީހުގެ ރައީސް - 90،000ރ.

6. މަޖިލީހުގެ ނައިބު ރައީސް - 88،000ރ.

7. އުއްތަމަ ފަނޑިޔާރު - 91،000ރ.

8. ގަވަރުނަރު - 74،000ރ.

9. އޮޑިޓާ ޖެނެރަލް - 74،000ރ.

10. ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.

11. މޭޔަރު - 46،000ރ.

12. ޑެޕިއުޓީ މޭޔަރު- 40،500ރ.

13. ސިޓީ ކައުންސިލް މެންބަރުން 35،000ރ.

14. އަތޮޅު ކައުންސިލް ރައީސް 33،000ރ.

15. ރަށު ކައުންސިލް ރައީސް 25،500ރ.

16. ރަށު ކައުންސިލް ނައިބުން 20،000ރ.

17. ރަށު ކައުންސިލަރުން 18،000ރ.

މާލިއްޔަތު ކޮމިޓީން މިއަދު މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާގައި ބައެއް މެންބަރުން ވަނީ އަންނަ ދައުރުން ފެށިގެން މި ބަދަލަށް އަމަލުކުރަން ހުށަހަޅުއްވާފައެވެ.

މަޖިލިސް މެންބަރުންނަށް ކުރިން ލިބެނީ ކޮމިޓީ އެލަވަންސާއެކު 80،000ރ އެވެ.

ކޮމެންޓް
ކައިދާ
ތިހުރިހާ ގަނޑެއް ގަންނައިރު ސިވިލް ސަރވަންޓުން ކޮބާ ލިބޭ އާމްދަނީ އޮތުރެއް ނުވޭ އެމްޑީޕީ ވެތިކަމުގަ ގައުމު ދަރުވާލާފަ ފައިބައިގެން ދިޔައިމަ އަނެއްކާ ވެސް ޖެއްސުން ކުރަން ފެށީ އެމްޑީޕީ ޢާލާތްގަނޑު
20 Dec 2023
ކާފަބޭ2020
ތިޔަވަރުއަދިކުޑަ! ހަފްތާއަކުހަތަރުދުވަހު ބުރަމަސައްކަތްކުރާ އިއްޒަތްތެރިމެންބަރުންނަށް ތިޔަވަރުގެކުޑަމުސާރައެއް! ތިޔައުސޫލުން އެހެނިހެން އިދާރާތަކުގެ މުސާރަބޮޑުނުކުރަނީ ކީއްވެތޯ؟ އެއީ އިއްޒަތްތެރިމެންބަރުންނަށްނުވާތީތޯ؟
20 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.