ދާޚިލި ވަޒީރު އަލީ އިހްސާން: ފޮޓޯ؛ ދާޚިލީ ވުޒާރާ
ހަބަރު
20 Dec 2023 | 13:57
މުސާރައަށް ބޮޑުކުރި ބައި އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން މިނިސްޓަރު އިޙްސާން ވެސް ނިންމަވައިފި

ސަރުކާރުގެ އިސްވެރިންގެ މުސާރައަށް އިތުރުކުރަން ނިންމެވި މިންވަރު އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ތާއީދުކުރައްވާ ދަޚިލީ ވަޒީރު ޢަލީ އިޙްސާން ވެސް އެގޮތަށް އަމަލުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.

އެ ނިންމެވުމަކީ ސަރުކާރުން އެދިގެން ނިންމަވާފައިވާ އަދި އެމަނިކުފާނު ތާއީދުކުރައްވާ ނިންމެވުމެއް ނޫން ކަމުގައި ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މުސާރަ ބޮޑުކުރާން ބޭނުން ވެސް ނުވާކަމަށް ވެސް ވިދާޅުވެފައެވެ. އަދި ބޮޑުކުރި މުސާރަ ކުޑަކުދިންގެ ހިޔާފަދަ އިޖުތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން ނިންމާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއާއި ގުޅިގެން ދާޚިލީ ވަޒީރު އިހްސާން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސްގެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރައްވައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރައިގެ ކުރިއެރުން އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

މިއަދު ގެނައި ބަދަލު ފާސްވެއްޖެ ނަމަ އެފަރާތްތަކަށް މުސާރައަކަށް ލިބޭނެ މިންވަރަކީ؛ 

ރައީސުލްޖުމްހޫރިއްޔާ 120،000ރ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.

ވަޒީރުން - 72،000ރ.

ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.

މަޖިލީހުގެ ރައީސް - 90،000ރ.

މަޖިލީހުގެ ނައިބު ރައީސް - 88،000ރ.

އުއްތަމަ ފަނޑިޔާރު - 91،000ރ.

ގަވަރުނަރު - 74،000ރ.

އޮޑިޓާ ޖެނެރަލް - 74،000ރ.

ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.

މޭޔަރު - 46،000ރ.

ޑެޕިއުޓީ މޭޔަރު- 40،500ރ.

ސިޓީ ކައުންސިލް މެންބަރުން 35،000ރ.

އަތޮޅު ކައުންސިލް ރައީސް 33،000ރ.

ރަށު ކައުންސިލް ރައީސް 25،500ރ.

ރަށު ކައުންސިލް ނައިބުން 20،000ރ.

ރަށު ކައުންސިލަރުން 18،000ރ.

މާލިއްޔަތު ކޮމިޓީން މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.