ހަލީމަތު ލަމްހާ-- ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
20 Dec 2023 | 15:43
ލަމްހާ ބަންދު ދޫކުރުމަށް ނިންމި ނިންމުން ބާތިލު ކޮށްފި

ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ޖަލު ބަންދުގައި ހުރި ހަލީމަތު ލަމްހާ ތިން މަސްދުވަހަށް ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.

ލަމްހާ ތިން މަސް ދުވަހަށް ބަންދުން ދޫކޮށްލުމަށް ފުލުހުންގެ ހިދުމަތަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓަށް ހުށައެޅިއެވެ.

މި މައްސަލައިގައި ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ ލަމްހާ ބަންދުން ދޫކޮށްލީ ލަމްހާގެ ފަރާތުން މުޖުތަމައު އަށް އޮތް ނުރައްކާތެރިކަން ފިލައިން ދިޔަކަން އެނގެން ނެތި ކަމަށެވެ.

އަދި މޭރީ މަރާލުމުގައ ލަމްހާ ބައިވެރިވެފައިވާ ގޮތް ބަދަލުވެފައިވާކަމަށް ބުނެ ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވާކަމަށާއި އެ ނިންމުން ނިންމާފައިވަނީ ދެފަރާތުންކުރެ އެއްވެސް ފަރާތެއްގެ ބަހެއް ހޯދުމެއް ނެތިކަމަށްވެސް ހައި ކޯޓުން އިއްވި ހުކުމުގައި ވެއެވެ. މިއީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފު ކަމެއް ކަމަށްވެސް ހައި ކޯޓުން ކުރި ހުކުމުގައި ބަޔާން ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ގަޟިއްޔާގައި ބަޔާން ކޮށްފައިވަނީ މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަނުކުރާ އެހެންނަމަވެސް ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެކަމަކާ މެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދަންވާނެ ކަމަށެވެ.އަދި ޚަޞްމުން އެދޭނަމަ، އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް، ތައުނު ކުރުމުގެ ފުރުޞަތު ދެވެންވާނެ ކަމަށެވެ. އެހެން ނަމަވެސް މި ނުކުތާއަށް ހައި ކޯޓުން ޚަޞްމުންނާ ސުވާލުކުރުމުން އެކަމުގައި އެއްވެސް ފަރާތެއްގެ ބަސް ހޯދާފައިނުވާކަމަށް ދެފަރާތުންވެސް ބުނެފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

މީގެ އިތުުރުންވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނ،ީ ޙަލީމަތު ލަމްޙާ ގެ މައްޗަށް އުފުލި ދަޢުވާގައި ހަވާލާދީފައިވާ ޤާނޫނީ މާއްދާގައި ވަނީ ކުށްކުރުމުގައި މެދު މިންވަރަކަށް ބައިވެރިވި ކަމަށް ކަމަށެވެ. ނަމަވެސް ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ލަމްޙާގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި އޮތްކަމަށް ދައުލަތުން ބަޔާންކޮށްފައިވާތީ އެ ބުނުން ހަމަނުޖެހޭ ކަމަށްވެސް ހައި ކޯޓުން ފާހަގަ ކުރިއެވެ.

ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލުމަށް ފާހަގަކޮށްފައިވާ އަނެއް ކަމަކީ ހެކިން ގިނަ ވުމާއި އެ ފަރާތްތައް ޙާޟިރުނުކުރެވުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޢިމާރާތް ހުރި ޙާލަތަށް ބަލާއިރު، އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތް ތާވަލުކުރެވެން ނެތުމުން ޝަރީޢަތް ދިގުލައިގެން ދިއުމެވެ. މި ނުކުތާއަށް ރައްދުދީ، ހައި ކޯޓުން ބުނީ މީހުން ބަންދުން ދޫކޮށްލަން ވެއްޖެނަމަ، އެ އުޞޫލު އެންމެނަށްވެސް ހިނގަންވާނެ ކަމަށާއި އެހެންނޫންނަމަ އެ ކަމަކ،ީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއާ ޚިލާފަށް ކުރެވޭ ކަމެއްކަމަށެވެ.

އެހެންކަމުން އެ ކޯޓުން ވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކޮށްފައެވެ. މި އަމުރު ބާތިލް ކޮށްފައިވަނީ މައްސަލަ ބައްލަވަން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ އިސް ފަނޑިޔާރު ޙުސައިން ޝަހީދު އާއި ފަނޑިޔާރު ޙަސަން ޝަފީޢު ގެ އިތުރުން ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދު ﷲ އެވެ. 

ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ އުފުލި އަނެއް ފަރާތަކީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އެވެ. ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.