ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Dec 2023 | 17:36
އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަނަށް އިތުރުކުރުން: މިނިސްޓަރު ފައިސަލް

ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުން ސަރުކާރަށް ލިބޭ އާމްދަނީ 6 ބިލިއަން ރުފިޔާއަށް އިތުރުކުރުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތް ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

މިނިސްޓަރު ފައިސަލް ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ހެދުމަށް ކަމަށެވެ. 

އެގޮތުން އެ އަމާޒަށް ވާސިލުވުމަށް ޒަމާނީ ފެންވަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއު ކުރިއަށް އޮތް ގާތްގަނޑަކަށް 8 މަހާއި 10 މަސްތެރޭ ނިންމުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އެއާ އެކު މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިމިގެން ދިއުމާއެކު، ފަތުރުވެރިކަން ފުޅާކުރުމަށް ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން ކުރެވޭ މަސައްކަތުން ކާމިޔާބު ނަތީޖާތަކެއް ނެރެދެވިދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. 

ފަތުރުވެރިކަމުގެ ސިނާއަތަކީ މިހާރުވެސް ސަރުކާރަށް އެންމެ ގިނައިން އާމްދަނީ ހޯދައިދޭ ސިނާއަތުގެ ގޮތުގައި ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ސަރުކާރުން މިހާރު އަމާޒުހިފާފައިވަނީ ފަތުރުވެރިކަމުން ހޯދާ އާމްދަނީ 4 ބިލިއަނުން 6 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ކަމަށެވެ. 

"މިހާރުވެސް އެންމެ ބޮޑު ކޮންޓިރިބިއުޝަނެއް މިދެނީ 4.5 ބިލިއަން ޓުއަރިޒަމް އިންޑަސްޓްރީން.. އެ 6 ބިލިއަނަށް އިތުރުކުރުމަކީ އަޅުގަނޑުމެންގެ ޓޭގަޓަކީ"

ޓުއަރިޒަމް މިނިސްޓަރު ފައިސަލް

މިނިސްޓަރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދާ އާބާދީ 6 ބިލިއަނަށް އިތުރުކުރުމުގެ އަމާޒުގައި މަސައްކަތް ކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ގެންގުޅުވުއްވާ މަސައްކަތުގެ ދުވެއްޔާއެކު އެ އަދަދު އެއަށްވުރެ ވެސް އިތުރު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އޭގެ އިތުރުން މިނިސްޓަރު ފައިސަލް ވަނީ ކުރިއަށް އޮތް ތަނުގައި ރިސޯޓު ފަތުރުވެރިކަމާއި އެއްވަރަށް ލޯކަލް ޓުއަރިޒަމްވެސް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ