ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް (ކ) އަދި އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގު (ވ) / ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ
ހަބަރު
20 Dec 2023 | 18:25
ފަތުރުވެރިކަމަށް އައު މާކެޓުތައް ހޯދަން ދިރާސާ ފަށައިފިން: އެމްއެމްޕީއާރުސީގެ އެމްޑީ

ދިވެހިރާއްޖޭއަށް ފަތުރުވެރިން ގެނެވޭނެ އައު މާކެޓުތަކެއް ހޯދުމަށް ދިރާސާ މަސައްކަތްތަކެއް ފަށާފައިވާކަމަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަދާފައިވާ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރު ފާތުމަތު ތައުފީގު ވިދާޅުވެއްޖެ އެވެ. 

އޭނާ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ޚާއްސަ ހަރަކާތަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު މިހާރަށްވުރެ ފުޅާކޮށް، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި އައު މާކެޓުތަކެއް ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް ފާތުމަތު ތައުފީގު ވިދާޅުވި އެވެ. 

އަދި މިހާރު އެމްއެމްޕީއާރުސީން، އައު މަކެޓުތައް ހޯދުމުގެ ގޮތުން ދިރާސާ މަސައްކަތްތަކެއް ފަށާފައިވާކަމަށް އޭނާ ވަނީ ހާމަކުރައްވާފަ އެވެ. 

"އަޅުގަނޑުމެން ޕްލޭންކޮށްފައި މިހުރީ.. ރާއްޖެއަކީ ވަރަށް އެސްޓަބްލިޝްޑް ޑެސްޓިނޭޝަނެއް ޓުއަރިޒަމް ދާއިރާގައި. ދެން ހަމަ އަޅުގަނޑުމެން ރިސާވެއް ހަދަމުން، ރިސާޗު ހެދުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ހަދަމުން މިދަނީ ރާއްޖެއަށް އިތުރު މާކެޓުތަކެއް ހޯދަން، އެކްސްޕްލޯ ކުރެވެން ހުރި ދިމަދިމާ ހޯދަން"

އެމްއެމްޕީއާރުސީގެ އެމްޑީ ފާތުމަތު ތައުފީގު

މީގެ އިތުރުން ފާތުމަތު ތައިފީގު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބްރޭންޑިންއަށް ބަދަލުތަކެއް ގެނެސް، މިހާރަށްވުރެ ބޮޑަށް ރާއްޖެ އިސްތިހާރު ވެގެންދާނެ ގޮތަށް ބްރޭންޑިންއަށް ބަދަލުތަކެއް ގެނައުމަށް ވެސް ވިސްނަވާ ކަމަށެވެ. 

ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ސަރުކާރަށް މި ސަރުކާރު ހެދުމަށް ޓުއަރިޒަމް މިނިސްޓްރީން މަސައްކަތްކުރަމުންދާ ޓުއަރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ 4 ބިލިއަނުން 6 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށާއި އެ އަމާޒު ހާސިލްވާނެކަމުގެ ޔަގީންކަން އޮންނަވާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.