ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސެއިން (ބިގޭ). ފޮޓޯ: މަޖިލިސް
ހަބަރު
20 Dec 2023 | 22:44
މެންބަރުންގެ މުސާރައަށްވުރެ ރައްޔިތުންގެ ހައްޤުގައި ޚަރަދު ކުރާ އެއްޗެއް ބޮޑު: ރަޝީދު

މެންބަރުންނަށް ލިބޭ މުސާރައަށްވުރެ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ޚަރަދު ކުރާ އެއްޗެއް ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިސްފަރާތްތަކުގެ މުސާރައަށް ގެނައި ބޮޑު ބަދަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް އެމްޑީޕީ ޕީޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ހުސެއިން ވިދާޅުވީ، މުސާރައިގެ ކުރިއެރުން ދިނުމުގައި ބެލީ މަޖިލީހުން މުސާރަ ކަނޑައަޅާ ހުރިހާ ފަރާތަކަށް އެއްމިންގަނޑެއްގައި ހިފެހެއްޓޭނެގޮތައް އެކަން ކުރުން ކަމަށެވެ.

އަދި މިކަމުގައި އެއްވެސް ފަރާތެއް އިސްތިސްނާކޮށްފައި ނުވާނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

"މިހާރު ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު މަޖިލީހަކީ، އެހެން ނަމަވެސް އަނެއް ދެ ބާރު، ސަރުކާރު ހިންގުމުގެ ބާރާއި ޢަދުލު އިންސާފު ހިންގުމުގެ ބާރުގެ އެންމެ މަތީ އިސްވެރިޔަކަށް މިހާރު ވެސް މުސާރަ މާބޮޑުތަނުން ވެސް ބޮޑުވާނެ މަޖިލިސް މެންބަރަކަށް ވުރެ، މަޖިލސްގެ ރައީސަށްވުރެ ވެސް” 

ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސެއިން 

މެންބަރު ހުސެއިން ވިދާޅުވީ މި މަސައްކަތަކީ މަޖިލީހަށް ޚާއްސަކުރެވިގެން ކުރެވިފައިވާ މަސައްކަތެއް ނޫން ކަމަށެވެ.

މެންބަރު ހުސެއިން ވިދާޅުވީ މުސާރަތަކަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމިޓީއިން މަޝްވަރާކުރީ ރައީސް އޮފީހުން އެ އޮފީހުން އެދޭ ބައެއް ދާއިރާތަކަށް މުސާރަ ބޮޑުކުރުމަށް އެދި ފޮނުވި ސިޓީއަކަށް ވެސް ރިޢާޔަތްކުރައްވާފައި ކަމަށެވެ.

އަދި އެ ސިޓީއާ އެކު ދެން މަސައްކަތް ކުރީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ ހުރިހާ ދާއިރާތަކަށް އެއްހަމައެއްގައި މުސާރަ ކަނޑައެޅުމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ހުސެއިން ވިދާޅުވީ މަޖިލީހުގައި މެންބަރުންގެ ހައްޤުތައް ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމާއި ޢިނާޔަތްތަކުގެ ކަންކަން އަބަދުވެސް ކުރިއަށް ދާ ކަމަށާއި، އަދި ވަކިވަކި މެންބަރުން ވެސް އެ ބޭފުޅުންނަށް ދިމާވާ ދަތި ކަންކަމުގެ ވާހަކަ ދައްކަވާކަމަށެވެ.

ރަޝީދު ވިދާޅުވީ މެންބަރުން ފާހަގަކުރައްވާފައިވާ ގޮތުން އެ ބޭފުޅުން ރަށްރަށުގައި އުޅުއްވާފައި މާލެ ވަޑައިގެން ތަންތަނުގައި ކުއްޔަށް އުޅުއްވަނީ ވަރަށް އުނދަގުލުގައި ކަމަށެވެ.

 "އެހެންވީމަ އެހުރިހާ ކަމެއް އެހާ ދަތިކޮށް, މާލޭގައި ވަރަށް ޚަރަދު ކުރައްވައިގެން އުޅެން ޖެހުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ލިބޭނެ ރިސެސްގެ ވަގުތެއް ކޮންމެ ދެތިން މަހުން އެއްމަހު، އެކޮންމެ ވަގުތަކު, އަދި އެއަށްވުރެ ވެސް ގިނައިން ރައްޔިތުންގެ މަންދޫބު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަންޖެހޭ، އެކުރާ ކޮންމެ ދަތުރަކީ ވެސް އިންތިހާއަށް ކުރަން ޖެހޭ ޚަރަދުތައް، އެހެންވީމަ މި ހުރިހާ ކަންކަންކަމަކަށް ބަލާއިރު ރައްޔިތުންގެ މަޖިލިސްގެ ގިނަ މެންބަރުންގެ ވާހަކަތަކުން އަޅުގަނޑަށް އެނގެނީ އެ މަހެއްގައި ލިބޭ މުސާރައަށްވުރެ ބޮޑު ހޭދައެއް ރައްޔިތުންގެ ހައްޤުޤައި ކުރަން ޖެހޭކަން” 

ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސެއިން 

ރައީސް އާއި ނައިބު ރައީސް ހިމެނޭހެން ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ހުށަހެޅިއިރު މެންބަރުންގެ މުސާރަ 100،000 ރުފިޔާ އަށް އިތުރުކޮށްފައިވުމުން ގިނަ ބަޔަކު އަންނަނީ އެމްޑީޕީއަށް އަމާޒުކޮށް ފާޑުކިޔަމުންނެވެ.

ކޮމެންޓް
އަހުމަދު
މީ ވަރަށްސަޅިގޮތެއް. ދާއިރާގެ މީހުންގެ ހައްގުގައޭކިޔާފަ މުޅިދައުލަތް ޖީބަށް ކަހާލަންވީނު. ރައްޔިތުންގެ ފައިސާ ހިތުހުރިހާވަރަކަށް ނުކެވޭނެ. ކާތަން ބަލާކަށް ރައްޔިތުން ނުތިބޭނެ.
20 Dec 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.