ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Dec 2023 | 06:37
ރައްޔިތުންގެ ޚިޔާލުތައް ސީދާ ރައީސް ޑރ.މުއިއްޒަށް ހުށަހެޅޭ ޕޯޓަލެއް ގާއިމުކުރަނީ

ދިވެހި ކޮންމެ ރައްޔިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަައްމަދު މުއިއްޒާއި ސުވާލުކުރެވޭ ގޮތަށް، އަދި އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ އެމަނިކުފާނަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވީ ކަންގަތިކޮލި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެ ފުށްފެންނަ ސަރުކާރެއް އޭގެ ޙަޤީޤީ މާނައިގައި ހާސިލް ކުރުމަށްޓަކައި ގާއިމްކުރާ މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށެވެ. 

އެމަނިކުފާނު މާލޭ މޭޔަރު ކަމުގައި ހުންނެވިއިރުވެސް ވަކިން ތާވަލު ހަދައިގެން މާލޭގެ ގޭގެއަށް ޒިޔާރަތްކުރެއްވި ކަމަށާއި ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުން ހުށަހަޅާ އެ ރައްޔިތުންގެ މުހުތާދުތަކުގެ ވާހަކަ އަޑު އައްސަވައި ކޮށްދެވޭން ހުރި ކަންކަން ކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތަކާއި ޝަކުވާ ވަގުތުން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ޚާއްޞަ ޕޯޓަލްއެއް ގާއިމުކޮށް ތަނަވަސްކަމާއެކު ދޮރުހުޅުވާލެއްވި ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެވުނު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ މި ގޮތް ކަމަށްވާތީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ވެސް، ކުރިޔަށް ދާނީ މި އުސޫލުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލެ ސިޓީގެ މޭޔަރުކަމަށް ފަހު، ދެން މިހާރު ލޮބުވެތި ދިވެހިރައްޔިތުން އަޅުގަނޑާ ހަވާލުކުރައްވައިފައި މި ވަނީ ތަފާތު އިމްތިހާނެއްކަން އެނގޭ. އެއީ މި މަގާމުގައި އަޅުގަނޑު ކަންކުރާ ގޮތް ބެއްލެވުން. އިރާދަކުރެއްވިއްޔާ ދެން ވެސް މަސައްކަތްކުރާނީ ތިޔަ ލޮބުވެތި ރައްޔިތުންނާ ގާތުން. "

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މީގެ އިތުރުންވެސް ހަފްތާ 14 ގެ  ތެރޭގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން ފައްޓަވާނެ ކަމަށާއި، މިއީ ކޮންމެ ތިންމަހުން އެއް މަހު އޮންނާނެ ޕްރޮގްރާމެއް ކަމަށެވެ.

ފުރަތަމަ ފޯރަމް ފެބްރުވަރީ މަހު އޮންނާނެ ކަމަށާއި  އަދި ވަޒީރުންގެ މި ފަދަ ފޯރަމްތަކެއް ކޮންމެ ދެ މަހުން އެއް މަހު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން ވަޒީރުންގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.