ސިނަމާލެ ފްލެޓްތައް-- ފޮޓޯ: ސަން
ހަބަރު
21 Dec 2023 | 15:02
މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް އަލުން ބިނާކޮށްދިނުމުގެ މަސައްކަތް ފަށަނީ

މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާތީ، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ނުޖައްސައި އެ އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިމާރާތްތައް އަލުން ބިނާކުރާނީ އެތާނގައި ދިރިއުޅެމުންދާ ރައްޔިތުންނަށްއެއްވެސް މާލީ އެއްވެސް ތަކުލީފެއް އުފުލަން ނުޖެހޭގޮތަށް ކަމަށެވެ.

ސިނަމާލެ ފުލެޓުތައް ބާވެ ރޫޅެމުން ދާދިޔުމަކީ އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލައެއް. އެހެންވެގެން އެކަމުގެ ޙައްލުވެސް ހޯދިން. އެއީ ކަނޑައެޅިފައިވާ އުސޫލުތަކާއި ފަސޭހަތަކާއެކު އެ ތަންތާނގައި ދިރިއުޅޭ ރައްޔިތުންނަށް އެ އިމާރާތްތައް އަލުން ބިނާކޮށްދިނުން. އެއީ އެ ކަމުގައި މާލީ އެއްވެސް ތަކުލީފެއް އެއިން އެއްވެސް ރައްޔިތަކަށް އުފުލަން ނުޖެހޭ ގޮތަށް. މިއަދު އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ މި އިމާރާތްތަކުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހު އިރާދަކުރެއްވިޔާ ފެށޭނެކަން."

ރައީސް ވިދާޅުވިއެވެ

މީގެ އިތުރުންވެސް ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މި ފަސް އަހަރު ނިމޭއިރު މި ސަރުކާރުން، ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

މި ޙަފުލާގައި މި ސަރުކާރުން ގެންގުޅުއްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ތަފްޞީލީގޮތެއްގައި ވިދާޅުވެދެއްވިއެވެ. އެގޮތުން ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.
07 Jul 2026
އޭއައިއޭ ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ ފޮޓޯ ގަބޫލެއް ނުކުރެވޭނެ: އިމިގްރޭޝަން
އިމިގްރެޝަނުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޓިފިޝަލް އިންޓަލިޖަންސް ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ އެއީ އުސޫލާ ހިލާފް ކަމެއްކަމަށެވެ
07 Jul 2026
ފުލުހުން ހަ ލައްކަ ރުފިޔާ ހޯދައިފި
ޖޫން 28 އާއި ޖުލައި 4 އާ ދެމެދު ފުލުހުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުން 611416 ރުފިޔާގެ ފައިސާ އާއި މުދާ ހޯދައި ޙައްޤުވެރިންނަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ.
07 Jul 2026
ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
ބައިލައްކަ ބޭނުން މި ކެމްޕެއިން ކުރިއަށްގެންދަނީ އެލައިޑްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ
07 Jul 2026
ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލަކީ ޑްރޯ ހުކުރު ދުވަހު
10 ޖުލައި 2026 ވާ ހުކުރު ދުވަހު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައި ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ލަކީ ޑްރޯ ބާއްވަނީ. މިއީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް.
07 Jul 2026
ނުކުޅެދޭ މީހުންނަށް މަގާމުތަކެއް ކަނޑައަޅަން ސީއެސްސީއާއި ކުންފުނިތަކަށް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
07 Jul 2026
ގަވާއިދާ ހިލާފަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ.