ނައިބުރައީސް ހުސެއިން އިސްލާމީ ވުޒާރާއަށް ޒިޔާރަތް ކުރެއްވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
21 Dec 2023 | 15:03
ނަައިބުރައީސް އިސްލާމީ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި!

ނައިބުރައީސް ހުސެއިން މުޙައްމަދު ލަތީފް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ސަރުކާރުގެ ވުޒާރާއަކަށް ނައިބް ރައީސް ކުރެއްވި މިއީ ފުރަތަމަ ޒިޔާރަތެވެ.

ނައިބުރައީސް ޙުސައިން ވަނީ ވުޒާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އެ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކުރައްވާ މުވައްޒަފުންނަށް ވަނީ ހިއްވަރުދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރެއްވުމަށް ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވޭތުވެދިޔަ ހަތަރު ހަފްތާގައި މި ވުޒާރާގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ކުރު ތަފްސީލެއް ނައިބު ރައީސް އަށް ދެއްވައިފައެވެ.

އަދި ރައީސް ޑރ މުޢިއްޒުގެ ފަރާތްޕުޅުން ލިބިލައްވާ އެއްބާރުލުން ފާހަގަކުރައްވާ ވަޒީރު ޑރ. ޝަހީމް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. ނައިބު ރައީސް، ޙުސައިން ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސިޔާސީ ބޭފުޅުންނާއިވެސް ވަކިން ބައްދަލުކުރައްވައިފައެވެ. އަދި ތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ ބައްލަވައިލައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.