އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު-- ފޮޓޯ: ވޮއިސް
ހަބަރު
21 Dec 2023 | 23:38
ސިޔާސީ ވާހަކަތަކަށް ރައްދު ދޭން ބޭނުމެއްނޫން، ބޭނުމީ އަމާޒަށް ވާސިލުވާން: ފަޒުލް

ސިޔާސީ ގޮތުން ރަސްމާލެ އާއި ބެހޭގޮތުން ދެކެވެމުންދާ ވާހަކައަށް ރައްދު ދެއްވަން ބޭނުންފުޅުނުވާ ކަމަށާއި ބޭނުންފުޅުވަނީ ރަސްމާލެ ތަރައްގީ ކުރުމުގެ އަމާޒަށް ވާސިލުވާން ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ ސިޔާސީ ގޮތުން ލަފާކުރާ ވާހަކައަކަށް މާބޮޑު ރައްދު ދެއްވަން ބޭނުންފުޅުނުވާ ކަމަށާއި ބޭނުމަކީ ރައީސް ޑރ.މުއިއްޒުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުން ކަމަށެވެ.

"ސިޔާސީ ގޮތުން ވާހަކަ ދައްކަންޏާ ދައްކަންވީ. އެކަމަކު އަޅުގަނޑުމެން މި އަންނަނީ އަމާޒެއްގައި. މަގްސަދެއްގައި. ރައްޔިތުންތަކަކަށް އުންމީދެއް ދީގެން އެ އުންމީދު ހާސިލްކުރުމަށް ޓަކައި. އެހެންވީމަ އަދި ސިޔާސީ ގޮތުން ދައްކާ ވާހަކައަކަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒެއް އެއްކައިރިއެއް ނުވާނެ. އަޅުގަނޑުމެންގެ އަމާޒު ދާނީ ސީދަލަށް އިރާދަ ކުރެއްވިއްޔާ. "

ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ ސިޔާސީ ގޮތުން ވާހަކަ ދައްކާނަމަ، ދައްކަވާނެ ވަރުގެ މައުލޫމާތު އެބަހުރި ކަމަށެވެ. އެގޮތުން 76 ހެކްޓަރަކާ އަޅާމިކިޔާލަނީ 1093 ހެކްޓަރުގެ މަޝްރޫއަކާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވަމުން ނުވަތަ ކެންޕޭންތެރޭގައި ހިއްކަމުން ދިޔަ ހުޅުމާލެ ފޭސް 3 ގެ މަޝްރޫއުއަށް އިޝާރާތް ކުރައްވަމުން ފަޒުލް ވިދާޅުވީ ހުޅުމާލެއިން 10 ހެކްޓަރާއި ތިލަފުށިން ދޫކޮށްލި 10 ހެކްޓަރާ އެކު ޖުމްލަ 20 ހެކްޓަރު ގެއްލިގެން ދިޔަ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބުނީ ހަމައެކަނި 76 ހެކްޓަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އަގުނުކޮށް އޮތް ތާކުން ވެސް ކުރީ ސަރުކާރުގެ ސަބަބުން 60 ހެކްޓަރު ރައްޔިތުންނަށް ގެއްލިފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ސިޔާސީ ގޮތުން ދެއްކޭނެ މިފަދަ ކިތަންމެ ވާހަކައެއް އެބަހުރި ކަމަށާއި މިހެން އަންނަ މައުލޫމާތުތަކާ މެދު ރައްޔިތުން ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެނުގައި ރައީސް ޑރ.މުއިއްޒު ކުލަ ޖައްސަވައިދެއްވާނެ ކަމުގައި ވެސް ފަޒުލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.